ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އަކީ މަޝްހޫރު ތަރިއެކެވެ. އޭނާ ކުރާ ކޮންމެ މަސައްކަތަކަށް ފޮލޯ ކުރާ މީހުން މަދެއް ނޫނެވެ. އޭނާ ކުރާ ގިނަ ކަންތައް މީސް މީޑިޔާގައިވެސް ހިއްސާކުރެއެވެ.

އެގޮތުން އެންމެ ފަހުން ވާރޭ ވެހިގެން ތަނެއްގައި ގިނައިރު މަޑުކުރަން ޖެހުމުން ދިޕިކާ ކަންތައް ކުރާ ގޮތްވެސް ގިނަ ބަޔަކު މި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހޯދާފައެވެ.

ބައެއް މީހުންނަކީ ވާރޭވެހެތީ އެކަމާއި ވަރަށް ބޮޑަށް ފޫހިވާ މީހުންނެވެ. އަދި ބައެއް މީހުން ވާރެއާ ތެމެންވެސް އުޅޭއިރު، އާއްމުކޮށް މޫސުމަށް އަންނަ ބަދަލުތަކާއެކު މީސް މީޑިޔާގައި އެކި ވާހަކަތައް ހިއްސާ ކުރާ މީހުންެވެސް މަދެއް ނޫނެވެ.

އެގޮތުން ދާދިފަހުން ދިޕިކާ ކާރުގައި ދަނިކޮށް ވަރަށް ބޮޑަށް ވާރޭވެހޭތީ ޓްރެފިކްގައި ޖެހިގެން އެކަން އޭނާ އިންސްޓަގްރާމްގައި ހިއްސާކުރީ ރީތި ލަވަތަކާއި އެކުގައެވެ. އޭނާ ކާރު ތެރޭގައި ލަވަ ޖަހަމުން ދިޔައިރު، އޭނާ ޓްރެފިކްގައި މަޑުކުރަން ޖެހޭ ތަން ފެންނަ މަންޒަރުގެ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެެވެ.

ދިޕިކާ އެ ވަގުތު ޖަހަމުން ދިޔައީ ގުރޫ ރާންދަވަސް ހިޓް ލަވަތަކެވެ. މިއީ ދިޕިކާ ވާރޭގައި ތާށިވުމުން ކަންތައް ކުރާ ގޮތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕިސްޕިސް ބޯހަލާކު..

  2. ވަރަށް ސަޅި

  3. މީދެން މާބޮޑު ކަމެއްތަ ނޫހަށް އަރުވަނީ؟

  4. ޢަޅެ މި އެއްޗެހިން މި އުޅެނީ ލިޔާނެ ހަބަރެއް ނެތިގެންތަ!! #ނޫސްވެރިކަމަށްވެސް ލަދު

  5. އޯކޭ އެކަމަކު ވަރަށް ފޫހި