ބޮލީވުޑުގެ ފިލުމު ޑައިރެކްޓަރ ސަންތޯޝްގެ ގުޕުތާގެ އަންހެނުން އުމުރުން 55 އަހަރުގެ އަސްމިތާއާއި ދަރިފުޅު ސްރިޝްތީ އަމިއްލައަށް މަރުވުމަށް ގޭގައި އަލިފާން ރޯކޮށްލައިފިއެވެ.

އަސްމިތާގެ މުމްބާއީގެ ގޭ ކައިރި އަވަށްޓެރިންނަށް އެ ގޭގައި އަލިފާން ރޯވެފައިވާކަން އެނގުމުން ފުލުހަށް ގުޅައިގެން ފުލުހުން އައިސް ވީ އެންމެ އަވަހަކަށް އެދެމައިން ކޫޕާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރު އެއްކޮށް ފިހިފައިވާ އަސްމިތާ ވަނީ މަރުވެފައެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނު ސްރިޝްތީގެ ހަށިގަނޑުގެ 70 އިންސައްތަ ވަނީ ފިހިފައެވެ. މާގިނައިރުނުވެ އެ އަނިޔާއަށް ކެތްނުވެވި ސްރިޝްތީ މަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހު އެއާރޮލީ ނެޝަނަލް ބާރން ސެންޓާގައެވެ.

ފުލުހުން ހޯދި ހޯދުމުން އެނގުނީ މި ދެމައިންނަކީ ފިލުމު ޑައިރެކްޓަރ ސަންތޯޝް ގުޕުތާގެ އަންހެނުންނާއި ދަރިފުޅު ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްމިތާ އަމިއްލައަށް މަރުވުމަށް ބޭނުންވީ ކިޑްނީގެ ބައްޔެއްގައި އަޅައި ވޭނެއްގެ ސަބަބުން އެކަމަށް ކެތް ނުވެގެންނެވެ. އަދި ސްރިޝްތީ އަމިއްލައަށް މަރުވުމަށް ބޭނުންވީ އޭނާގެ މަންމަ އެ ބަލީގައި އަޅާ ވޭނަށް ކެތްނުވެގެން އުޅޭތަން ފެނުމުންނެވެ.

''އަމިއްލައަށް މަރުވުމުގެ ދެ ކޭސްއެއް އަހަރެމެން ރެޖިސްޓަރ ކޮށްފިން. މިކަމުގެ އިތުރު ތަހުގީގުތައް ދަނީ މިހާރު ވެސް ކުރެވެމުން'' ޑީއެން ނަގަރް ޕޮލިސް ސްޓޭޝަންގެ ސީނިއަރ އިންސްޕެކްޓަރ ބާރަތު ގައިކްވާޑް ބުނެފައިވެއެވެ.

ސަންތޯޝް ގުޕުތާ ޑައިރެކްޓް ކޮށްފައިވާ ބައެއް ފިލުމު ތަަކަކީ ''ފަރާރް.. އޮން ދަ ރަން''، ''ގާތަކް''، ''އާޖުކީ އޯރަތު'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހ it ދޔ

    ބައްޔަކީ ހެއްދެވި ފަރާތުން މެދުވެރި ކުރައްވާ ކަމާއި، ބަލީގެ ސަބަބުން ފާފަ ފުއްސެވުމާއި، ބަލިމީހާއި އޭނާގެ އާއިލާގެ މެދުގައްޔާއި ރައްޓެހިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުވުމާއި މައާފު ކުރުމާއި އަލުން އެކުގައި އުޅުން ފަދަ ކަންކަން މެދުވެރިވާކަން މުސްލިމުންނަށް އެނގޭކަމީ ކިހާ ބޮޑު ނިއުމަތެއްe

  2. ފިލމްު

    ތިޔަބުނާ ފިލްމުތަކެއް އަޑެއް ނާހަން.