ރާއްޖޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ފިލްމީ ތަރި އަހުމަދު އާސިމްއަށް ބަޔަކު އަނިޔާ ކުރި ހަބަރު ވައިރަލް ވެގެން ދިޔައެވެ. އޭނާ ބުނާގޮތުގައި، އޭނާއަށް އަނިޔާ ކުރީ ގޭންގަކުންނެވެ.

އޭނާއަށް ހަމަލާ ދީފައި ވަނީ، ހޯމަ ދުވަހު މެންދުރު ފަހު މާލޭ ކިންގްސް ކޯނާ ރެސްޓޯރަންޓުގައި އިންދާއެވެ. އެ މައްސަލަ އޭނާ ފުލުހަށްވެސް ހުށަހެޅިއެވެ. އޭނާއަށް އެ ހަމަލާ އަމާޒުވުމުގެ ކުރިން އިންޒާރު ދިނެވެ. އެ އިންޒާރު ދިން މީހާ އޭނާ ކައިރިން ދުރަށް ދިޔައީ އިންޒާރު ދިނުމުންނެެވެ.

އެ އިންޒާރު ދިން ވަގުތު އާސިމް ވީޑިއޯ ކުރި އެވެ. އެ ވީޑިއޯ ކުރުމުން އެ މީހާ ދިޔައީ އެވެ.

އޭގެ ފަހުން އޭނާއަށް ހަމަލާ ދިންއިރު، ޖެހީ އޭނާގެ ކަންފަތް މަތީގައެވެ.

އޭނާ ތުހުމަތު ކުރާގޮތުގައި، އެއީ ގުރުއާން ކްލާހެއް ހިންގަމުންދާ މީހާ ކުރާ ކަމެކެވެ.

އާސިމް މީގެ ދެ ދުވަސް ކުރިން "ވަގުތު"އާ ވާހަކަދައްކަމުން ބުނީ، އެއީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާ ގުޅުން ހުރި މައްސަލައެއް ކަމަަށް ބެލެވޭ ކަމަށެވެ. އެގޮތުން އޭނާގެ ލޯބިވެރިޔާ މީހާއަކާއި ހެދި "ކޮންޓެރެކްޓެއް"ގެ ސަބަބުން ޖެހިފައި އޮތް މައްސަލައެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ފިލްމީ ތަރި، އަހްމަދު އާސިމްގެ ކުރީގެ ފޮޓޯއެއް -

އެ މީހުން ހީކުރަނީ އޭނާ އުޅެނީ، ލޯބިވެރިޔާ އާ ކައިވެނިކޮށްގެންނެވެ. އޭނާއަށް އެ އިންޒާރާއި އަނިޔާ ދެމުން ގެންދަނީ އެހެންވެ އެވެ.

އާސިމް ބައެއް މީޑިއާ ތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި، ބަަޔަކު އޭނާއަށް މަގުމަތިން ފޮށި އިންޒާރުދީ އަނިޔާކުރަންޖެހޭފަދަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ އެވެ.

އާސިމަކީ ފިލްމީ ދާއިރާއަށް 2000 ގެ ކުރީކޮޅު ނުކުތް ތަރިއެކެވެ. ފުރަތަމަ އޭނާ ވީޑިއޯ ލަވަތަކުން ފެނިގެން ދިޔައިރު، ފަހުން ޑްރާމާ ތަކާއި ފިލްމްތަކުން ފެންނަން ފެށި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    އާސިމް ، ތިޔައީ މިހާރު ވަރައް ނުރައްކާ ކަމެއް ، ނަސީބެއް ތިޔަ މާރާމޭރީގައި ވަޅިއެއް ބޭނުން ކޮއްފަނެއްކަން ، ސަބަބަކީ މިހާރު މީސްމީހުން މީހުންގައިގަ ތަ/ޅަން ފޮނުވަނީ ގޭންގް ގްރޫޕްތައް އެވެރުން މީހުންނައް އަނިޔާކުރަންދަނީ ބޮއެގެން ވާނުވާ ހާލަތުގައި ވަޅިހިފައިގެން ގޮސް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަނެއް މީހާ ކޮށާލެވޭ އިރުވެސް ނޭންގޭނެެ ވީމާ ވަރައްވިސްނާގެން އުޅެންވާނީ

    17
    1
  2. ތިރިބެ

    ހުސްދޮގު ވަގުތު ނޫހުން ދެފުންނުބަލާ މީހަކު ބުނާހާ އެއްޗެއްލިޔާނޫހެއް

    18
    11
    • ބުހުތާނު

      ތިހާ އެނގެންޏާ ކޮމެންޓެއްގެ ސިފައިގަ ހުލާސާކޮށް ނަމަވެސް ތެދު ލިޔެލިނަމަ

      2
      3