ކޮރޯނާވައިރަސް ފެތުރެން ފެށުމާއި އެކު މާސްކު އެޅުން ގިނަ ގައުމު ތަކުގައި މަޖުބޫރު ވެގެން ދިޔައެވެ. ވައިރަހުން ރައްކާތެރި ވުމުގެ ގޮތުން އަޅަން ފެށި ފޭސް މާސްކުތައް މިހާރު ވަނީ ފެޝަނަކަށް ބަދަަލު ވެފައެވެ. ލާ ހެދުމާއި ބުރުގާ ގުޅުވާ އުސޫލުން މާސްކުވެސް ހެދުމާއި ނުގުޅުވޭނަމަ ބައެއް މީހުންނަށް ކަމުވެސް ނުދަނީއެވެ. ކޮވިޑު ފުރަބަންދަށް ފަހު މި ސިއްހީ ކުއްލި ހާލަތުން އަރައި ގަތުމުގެ ގޮތުން މާސްކު އެޅުން މަޖުބޫރެވެ. ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ކުރިޔަށް އޮތް ދިހަ ވަރަކަށް އަހަރުވެސް އުޅެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

މާސްކު ފެޝަނަކަށްވެ، ބަައެއް ބްރޭންޑު ތަކުން ދަނީ ތަފާތު މާސްކުތައް އުފައްދަމުންނެވެ. މިއީ އެމީހުންނަށް ހުނަރުތައް ހޯދުމަށް ލިބުން ފުރުސަތެކެވެ.

އެގޮތުން އެމެރިކާގެ ރެޕް ލަވަ ކިޔުންތެރިޔަކު މިވަނީ ހަނީވެލް ކޮމްޕެނީ އާއި ގުޅިގެން ސްމާޓް މާސްކެއް އުފައްދާފައެވެ. 'ސުޕާ މާސްކު'ގެ ނަމުން ނަން ދެވިފައިވާ މި މާސްކަކީ ލެޑް ލައިޓު ލައިފައިވާ، ނޮއިސް ކެންސަލް ކުރެވޭ ބްލޫޓޫތް އިއާބަޑެއް ހިމެނޭހެން އުފައްދާފައިވާ މާސްކެކެވެ. އޭގެ އިތުރުން މި މާސްކުގައި ހޫނު އެރުމުން ސަލާމަތް ކޮށްދިނުމުގެ ގޮތުން ޑުއަލް 3 ސްޕީޑުގައި ފިނިވާނޭގޮތް ވަނީ ހަދާފައެެވެ.

ސުޕާ މާސްކުގެ ބެޓެރީ އެއްފަހަރު ޗާޖް ކޮށްލުމުން ހަތް ގަޑި އިރު ވަންދެން ހިފަހައްޓާލައެވެ. މާސްކުގައި ހިމެނިފައިވާ ފިލްޓަރަކީ ބަދަލު ކުރެވޭނޭ ގޮތަށް ލެވިފައިވާ އެއްޗެކެވެ. މާސްކު ވިއްކަން ހަމަ ޖެހިފައިވާ އަގަކީ 299 ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު