ލޯބިވެރިއެއްގެ އަވާގައި ޖެހި އިންޑިއާގެ ޕޫނޭ އަވަށަށް ނިސްބަތްވާ މީހަކު އޭނާގެ އަނބިމީހާ އައި ދަރިފުޅު މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ފިރިހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާ އާއި އިތުރު ދެ މީހަކުވެގެން އޭނާގެ އަނބިމީހާ މަރާލާފައެވެ. އެ އަންހެން މީހާ މަރާލާފައި ވަނީ ވަލެއް ބޭނުންކޮށްގެންނެވެ. އަދި އުމުރުން އަށް މަހުގެ ދަރިފުޅު ނޭވާ ހާސްކޮށް އެއްލާލާލީ މަގުމައްޗަށެވެ.

މި މައްސަަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ހަތަރު މީހަކު ހައްޔަރުވެސްކޮށްފައެވެ.

އެ ފިރިހެން މީހާ ފުލުހުންނަށް ދޮގު މައުލޫމާތުދެމުން ފުރަތަަމަ ބުނީ، ހަތިޔާރު ހިފައިގެން ތިބި ދެ މީހަކު އޭނާގެ އަނބިމީހާ އާއި ދަރިފުޅު މަރާލާފައި ވާކަމަށާއި، އަދި އޭނާގެ ގެއިން ރަނާއި ޖަވާހިރު އަދި ފައިސާ އަދި ފޯނުވެސް ވަގަށް ނަގާފައިވާކަމަށެވެ. އެ ފިރިހެން މީހާ ބުނިގޮތުގައި، އެ ހާދިސާ ހިނގީ އެރޭ 9:30 ހާއިރުއެވެ.

ފުލުހުން މިކަން އިތުރަށް ބަލާ ތަހުގީގު ކުރިކުރުމުން އެނގުނުގޮތުގައި، އެ އަންހެން މީހާ އާއި އޭނާގެ ދަރިފުޅު މަރާލީ އެ ފިރިހެން މީހާ އާއި އޭނާގެ ލޯބިވެރިޔާގެ ބައިވެރިވުމެއް އޭގައި އޮވެގެންނެވެ. އަދި ފުލުހުންނަށްވެސް އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ އާއި ދަރިފުޅު މަރާލާއި އެ އަންހެން މީހާއާ އެކުގައި އުޅެން ބޭނުންވާތީކަންވެސް އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު