އެއްވެސް ދެމީހެއްގެ ހިޔާލު ހުރިހާ ކަމެއްގައި އެއް ގޮތެއް ނުވާނެއެވެ. ނަމަވެސް ހަޔާތުގެ ބައިވެރިޔަކު ހޯދާއިރު ތިމާ އާއި ހުރިހާ ޚިޔާލެއް އެއްގޮތް ނުވި ނަމަވެސް ވަކި ހާއްސަ ސިފަތަކެއް ހުރި މީހަކު ހޯދަން އިސްކަން ދޭން ޖެހެއެވެ. ނޫނީ ދިރިއުޅުން "ދިރިތެޅުމަކަށް" ބަދަލުވެ އުފާވެރިކަން ހިތާމައަށް ބަދަލު ވެދާނެއެވެ.

ފިރިމިހާގެ މަގާމަށް ގެންނަން ޖެހޭ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ކިތަންމެ ގިނައިން ވެސް ކިޔައި ދެވިދާނެއެވެ. ނަމަވެސް މިލިޔުމުގައި ކިޔައި މިދެނީ ފިރިމީހާގެ މަގާމަށް ގެންނަ މީހެއްގެ ކިބައިގައި ހުރެގެން ނުވާނެ ސިފަތަކެކެވެ.

ވަގުތީ އުފަލަށް އުޅޭ މީހުން

މީހަކު ދެކެ ލޯބިވަނީކީ އޭނާގެ ހިތް ނިއަތް އެނގިގެންނެއް ނޫނެވެ. ނަމަވެސް އެއްކޮށް ދުވަސްކޮޅަކު އުޅެލުމުން ބައެއް ފަހަރު އެނގެނީ ލޯބިވެރިއެއްގެ ގޮތުގައި މިގެންގުޅެވޭ މީހަކީ އަމިއްލަ އުފަލާއި އަމިއްލަ އެދުމަށްޓަކައި އުޅޭ މީހެއް ކަމަށެވެ. ފަހުން ރަނގަޅު ވާނެ ކަމަށް ހީކޮށް ކައިވެނި ކުރެވިދާނެއެވެ. ނަމަވެސް އެއީ ހާސިލް ނުވާނެ އުއްމީދެއްގެ ފަހަތުން އުމުރު ދުވަހު ހިނގަން ވެގެން ފަށާ މަގަކަށް ވެދާނެއެވެ. އޭނާ އަބަދުވެސް އުޅޭނީ އާއަންހެނަކު ހޯދައިގެން އެއަންހެނެއްގެ ފަރާތުން އުފާ ހޯދާށެވެ. ތިބާ އަކީ ގޭގައި ގެންގުޅޭ މީހަކަށް ދުވަސްކޮޅަކުން ހަދާލާނެއެވެ.

އަމިއްލަ ނަފްސަށް ވިސްނާ މީހުން

ހަމައެކަނި އެމީހެއްގެ އަމިއްލަ ނަފްސާއި މެދު ވިސްނާ މީހަކު ވެސް ހަޔާތުގެ ބައިވެރިއަކަށް ކަމަކު ނުދެއެވެ. އޭނާ އަށް ތިބާއެއް މުހިންމެއް ނުވާނެއެވެ. ތިބާގެ އުފަލާއި ތިބާގެ ހިތްހަމަޖެހުމެއް ވެސް މުހިންމެއް ނުވާނެއެވެ.

އުފަލާއި މަޖާ

ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް މިރާއްޖޭގައި ވެސް ކޮންމެ ވީކެންޑެއްގައި ޕާޓީ ކޮށްލާ މަޖާކޮށްލަން ބޭނުންވާ ކިތަންމެ ބަޔަކު އެބައުޅެއެވެ. ޒުވާންކަމުގެ ޖޯޝްގައި އެއީ ފެޝަނެއް ކަމަށް ބައެއް އަންހެނުންނަށް ވެސް ހީވެއެވެ. ނަމަވެސް ތިއީ ކުށް ހީއެކެވެ. އެއީ މުސްތަގުބަލެއް ނެތް އެތައް މައްސަލަތަކެއް ދުނިޔެ މަތިން ވެސް ކުރިމަތިވާނެ ދިރިއުޅުމެކެވެ.

ހުރިހާ ކޮންޓްރޯލެއް ހޯދަން އުޅުން

ތިބާގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން ޖެހޭނީ އޭނާ ކަމަށް ގަބޫލު ކުރާ މީހަކު ހަޔާތައް ނުގެންނާށެވެ.

ރަހުމަތްތެރިން ހޯދަން ހުރަސް އެޅުން

އޭނާ ގަބޫލު ކުރާ ގޮތުން ތިބާގެ ރަހުމަތްތެރިންގެ ލިސްޓް ކަނޑައަޅަން ޖެހޭނީ ވެސް އޭނާ އެވެ. އެހެން ކަމަށްވާނަމަ ތިއީ ވަރަށް ބޮޑު މައްސަލައެކެވެ. ތިބާ ބޭނުން ކޮންމެ ރަހުމަތްތެރިއަކާއި ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ނުލިބެންޏާ އެއީ ގޯހެކެވެ. ތިބާގެ ރަހުމަތްތެރިއަކާއި ތިބާގެ ގުޅުން ކަނޑާލަން އޭނާ އަށް ބުނެވޭނީ ތިގުޅުމުގައި މައްސަލައެއް އޮތްކަން ފުރަތަމަ އޭނާ ސާބިތު ކޮށްދިނުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެސޮރު

    ތިޔަ ސިފަތަކަކީ ދިވެހި އަންހެންކުދިންނަށް އެންމެ ކަމުދާ ސިފަތައް

    2
    1
  2. ޙައްވަ

    ތީގެ އެެއްޗަކާ ހިތާވެގެން އުޅޭތާ ދެއަހަރާ ބައިވަނީ. ރަނގަޅެއް ނުވި. ދޫކޮށްލަންވީދީ؟

  3. ޖަނާޒާ

    ވަރަށް ނުފާޑުގެ ލިއުމެއް! ނުރަނަގަޅު މަސްދަރެއްގެ މެސެކެއް

  4. ހުސޭނުބޭ

    ކެކެކެކެ....... ގިނަ އަންހެންކުދިން ފިރިހެނުންނާމެދު އެންމެ ހިތްކިޔާ ސިފަތައް ތިއީ! އެހެންވެ ތި މީސްމީހުން އެހައި ކާމިޔާބީ!

    3
    1