އިނގިރޭސިވިލާތުގެ އަންހެނަކު ރަހުމަތްތެރިންނާއިއެކު ހުއްޓުމެއްނެތި ހަދުވަސް ވަންދެން ޕާޓީ ކޮށްފައި އެނބުރި ގެއަށް އައިއިރު އޭނާގެ 20 މަހުގެ އަންހެން ދަރިފުޅު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފުލުހުން ބުނާ ގޮތުގައި ވާޕްލީ ނަމަކަށް ކިޔާ އަންހެން މީހާގެ ދަރިފުޅު މަރުވީ ބޯނެއް ފެން ފޮދެއް، އަދި ކާނެ އެއްޗެއް ނުލިބި ހަދުވަސް ހޭދަކުރަން ޖެހުމުން ބަނޑަށް ޖެހިގެންނެވެ.

ވާޕްލީ އަކީ އުމުރުން 19 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ މީގެ ކުރިން ވެސް ވަރަށް ގިނައިން ރަހުމަތްތެރިންނާއިއެކު ޕާޓީ ކުރަންދާ މީހެއް ކަމަށް އަވައްޓެރިންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ދަރިފުޅުގެ މަރާއި ގުޅިގެން ވާޕްލީ ހައްޔަރުކޮށް މިހާރު ވަނީ ދަރިފުޅު ބެލުމުގައި އިހުމާލު ވުމުގެ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އަންނަ މަހު ހުކުމް ކުރުމަށް ވަނީ ތާވަލް ކޮށްފައެވެ.

މިމައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ތުއްތު އަންހެން ކުއްޖާ ބެލުމުގައި އިހުމާލުވި މަންމަގެ އިތުރުން، ދަރިފުޅު ބެލުމުގެ ޒިންމާ އެހެން ފަރާތަކާއި ހަވާލުކޮށްފައި ނުވާތީ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވުމަށް ވެސް އަންގާފައެވެ.

"މަރުވި ކުއްޖާގެ މަންމަ އަކީ ދަރިފުޅު އެކަނި ދޫކޮށްލާފައި ބޭރަށްދާ މީހެއްކަމުގެ މައުލޫމާތު ކަމާބެހޭ އިދާރަތަކަށް ލިބިފައި އޮތްވާ އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުން އެއީ ގޯހެއް. އެހެންކަމުން އެކަމުގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާން ޖެހޭނެ." ފަނޑިޔާރު ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރުން ވެސް ވަނީ މިމައްސަލައިގައި އެހެން ބައެއްގެ އިހުމާލު އޮތްތޯ ބަލާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ޢެކިފަހަރު އެކި ގޮތައްތަ ހަބަރު ގެންނަނީ

    14
  2. Anonymous

    20 ދުވަހު ކުއްޖެއްތީ ހަމަ...🧐

    2
    1