މި ޒަމާނަކީ މިއީ އެތައް ބަޔަކު ފޯނަށް ދެވިހިފާފައި ތިބި ޒަމާނެވެ. ކޮންމެ ކަމެއް ކުރިޔަސް މިހާރު ބޭނުން ކުރަނީ ފޯނެވެ. މިގޮތަށް ބައެއް މީހުން ސައިކަލު ދުއްވަންއިންނައިރުވެސް ފޯނު ބޭނުން ކުރާކަން ފާހަަގަކޮށްލަން ޖެހެއެވެ.

މިއީ އެފަދަ ހާދިސާއެކެވެ. މީހަކު ބައިސްކަލް ދުއްވަން އިނދެގެން ފޯނާއި ކުޅެން އުޅެނިކޮށް ގޮސް ވޭނެއްގައި ޖެހި ލިބުނީ ބޮޑު އަނިޔާ އެކެވެ.

އެ މީހާ އެ ވޭނުގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ. އެ ވީޑިއޯ ނަގާފައި ވަނީ އެމެރިކާގެ ެކުރީގެ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ރެކްސް ޗަޕްމޭންއެވެ.

އެ ވީިޑިއޯ އިން ފެނިގެން ދަނީ ބައިސްކަލު ދުއްވަން އިން މީހަކު ފޯނާއި ކުޅެމުން ގޮސް ޕާކްކޮށްފައި އޮތް ވޭނެއްގައި ޖެހޭ މަންޒަރެވެ.

މަގުގެ އެއް ފަރާތެއްގައި ޕާކްކޮށްފައި އޮތް ވޭނެއްގައި އެ މީހާ ޖެހުނު މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ހާދިސާގައި އޭނާއަށް ބޮޑު އަނިޔާއެއް ވެދާނެ ކަމަށް ނުބެލެވެއެވެ.

އެ ވީޑިއޯއިން ދެން ފެނިގެން ދަނީ އެ މީހާ މޫނުގައި އަތް ކާތާލާ މަންޒަރެވެ. އަދި ދެ ފަރާތް ބަލާފައި އެ މަންޒަރު އެއްވެސް ބަޔަކަށް ފެނޭތޯ އޭނާ ބަލައެވެ.

މީގެ ކުރިންވެސް މިފަދަ ކަންތައް ދިމާވެފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު