އެމެރިކާގައި ދިރިއުޅެމުންދާ އިންޑއާ ދެމަފިރިއަކު މަރުވިއިރު، އެ މީހުންގެ ހަތަރު އަހަރުގެ ދަރިފުޅު ގޭގެ ބެލްކަނީގައި އެކަނިމާއެކަނި ރޯން ހުންނަ މަންޒަރު ފެނުނީ އަވައްޓެރިންނަށެވެ.

އެމެރިކާގެ ބައެއް މީޑިއާ އައުޓްލެޓްތަކުން ބުނާގޮތުގައި، އެ މީހުން މަރުވެފައި ވަނީ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ.

އިތުރު އާލިންޓަންގެ އެޕާޓްމެންޓުގައި މި ހާދިސާ ހިނގިއިރު، އެއަންހެން މީހާ މަރާލީ އޭނާގެ ފިރިމިހާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިކަން ހިނގާފައި ވަނީ ދެމަފިރިންގެ ދެމެދުގައި ހިނގާ ދިޔަ ޒުވބެއްގެ ތެރެއިންނެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 32 އަހަރުގެ ބަލާޖީ ބާރަތް ރުޑްރަވާރް އާއި އޭނާގެ އަންހެނުން އާރަތީ 30އ އެވެ.

"އެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ މިދިޔަ ބުރަ ދުވަހު، އެ މީހުންގެ ހަތަރު އަހަރުގެ ދަރިފުޅު ބެލްކަނީގައި ރޯން ހުއްޓާ ބަޔަކަށް ފެނިގެން ގޮސް،އެ މީހުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން، ފުލުހުން ދެން ގޮސް އެގެއަށް ވަނީ"،

ފުލުހުން އެގެއަށް ވަންއިރުވެސް ދެމަފިރިން ފެނުނީ މަރުވެފައި ތިއްބާ އެވެ.

ދެ މީހުންވެސް މަރުވެފައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެކަމަކު މިކަން މެދުވެރިވެރިވާން ދިމާވި ސަބަބެއް ނޭނގެއެވެ.

މަރުވި އެ އަންހެން މީހާއަކީ ބަނޑަށް ހަތް މަސް ވެފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު