މިއީ މުސްކުޅި އަންހެނުންނަށް ހިތްކިޔާ މީހެކެވެ. މުސްކުޅިންނަށް އޭނާ ދެވިހިފާފައި ވެއެވެ. ކައިލް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ މި ފިރިހެން މީހާ ރައްޓެހި ވަނީވެސް 60 އަހަރުން ދަށުގެ މީހުންނާ އެވެ.

ޕެންސިލްވޭނިއަށް ނިސްބަތްވާ މި މީހާ ބުނާގޮތުގައި އޭނާ ފުރަތަމަ މީހަކާއި ރައްޓެހިވި 50 އަހަރުގެ މީހަކާއެވެ.

އޭނާ އެކަމުން ފަހަތަކަށް ޖެހެން ބޭނުން ނުވެއެވެ. އުމުއުރުން ދުވަަސްވީ މީހުންނާއި އެކީ އުޅެން އޭނާއަށް މާ ކަމުދެއެވެ.

”އުމުރުން ދުވަސްވީ މީހުންގެ ހުރިހާ ކަމެއް އަހަރެންނަށް ކަމުދޭ، އެ މީހުންގެ ގައިން ދުވަަ ވަހާއި، އެ މީހުންގެ ފީލިންގް އާއި މެންޓަލިޓީ ދެކެ ވަރަށް ލޯބިވޭ” ކައިލް ބުނެފައި ވެއެވެ.

އޭނާ އަށް ބޮލުގައި ނުރަ ޖަހާފައި ތިބޭ މީހުން ކަމުދާން ފެށިކަން ޢެނގުނީ ޕްރައިމަރީ ސްކޫލްގައި އުޅުނުއިރުގައެވެ. އެއިރު އޭނާ އުޅުނީ ގްރޭޑް ހައެެއްގައި ކަމަށް ބުންޏެވެ.

”އެއިރު ސްކޫލްގައި އުޅުނު އުމުރުން 65 އަހަރުގެ ޓީޗަރެެއް، އޭނާ އަހަރެންނަށް ވަރަށް ރީތި“

ކައިލް އޭނާގެ އުމުރުގެ މީހުންނާއި ލޯބީގެ ގޮތުން ގުޅުވަން އޭނާގެ ރަހުމަތްތެެރިން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީއެވެ.

ކިޔުންތެރިންގެ ހިޔާލު