މީހެއްގެ ނޭފަތުން ހަފްތާއެއް ވަންދެން މާގިނައިން ލޭ އަންނާތީ ޑޮކްޓަރަށް ދެއްކުމުން އޭނާގެ ނޭފަތުން ނުރައްކާތެރި ފަންޏެއް (ލީޗް) އެއް ނަގައިފިއެވެ.
ޗައިނާއަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ އެ ފިރިހެން މީހާގެ ނޭފަތުން ލޭ ފައިބާތާ ހަފްތާއެއް ފަހުން އޭނާ ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔައީ އަނބިމީހާގެ އެދުމުގެ މަތިންނެވެ.
އޭނާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންނަށްވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އޭނާގެ ނޭފަތުން ޑޮކްޓަރުން ނެގީ ލޭބޯ ލީޗްއެކެވެ.
އެ ފިރިހެން މީހާ ހޮސްޕިޓަލަށް ދެއްކީ އޭނާގެ އަނބިމީހާއަށް އެ މީހާގެ ނޭފަތް ތެރެއިން ދިރޭ އެެއްޗެއް ފެނިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ނޭފަތުން ނެރުނު ލީޗް އޮތީ މަރުވެސް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ޑޮކްޓަރުންނަށް ވަރަށް ފަސޭހައިން އެ މީހާގެ ނޭފަތުގައި ލީޗްއެއް އޮތް ކަން ދެނެގަނެވުނެވެ. އަދި އެ ލީޗްގެ ދިގުމިނުގައި ހަތަރު އިންތި ހުންނާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
سبحان الله
استغفر الله