ތައިލެންޑްގެ ސުޕާމާޓަކަށް މި ވަނީ ބޮޑު ބޮނޑެއް ވަދެފައެވެ. މި ބޮޑު ސުޕާމާޓަށް އެ ބޮނޑު ވަދެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ބޮނޑު ސުޕާމާޓަށް ވަދެެގެން ގޮސް އެރީ އެތަނުގެ ހުރި ހަރުގަނޑުތަކަށެވެ. އަދި އެތަނުގައި ހުރި މުދާތަކަށް ގެއްލުން ދީފައި ވެއެވެ.

"އެ ހަރުގަނޑުތަކަށް މި ވަނީ ގެއްލުންދީފައި.". މީހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އަޑު އިވެއެވެ.

މި ވައްތަރު ބޮނޑަކީ އާއްމުކޮށް ފެނުގައި އުޅޭ ވައްތަރެވެ. މި ވައްތަރުގެ ބޮނޑު އާއްމުކޮށް ތައިލެންޑުން ފެނެއެވެ. މި ވައްތަރު ބޮނޑުގެ ދިގުމިން 8 ފޫޓަށް އަރާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު، ބޮނޑުގެ ވައްތަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ބޮނޑު އެ މާކެޓަަށް ވަނުމުން އެތައް ބަޔަކަށް ލިބުނީ ހައިރާން ކެމެެވެ. އެއްބަޔަކު ބުނަނީ އެ ބޮނޑަކީ ވަރަށް ބިރުވެރި ވައްތަރު ޖަހާ ބޮނޑެއް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ބޮނޑު އެތެރެއަށް ވަނުމުން އޭތި ބޭރަށް ނެރުމަށް ރެސްކިއު ޓީމަށް ވަނީ ގުޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު