ހަތަރު ފުލުހުން ވެގެން ނޭވާލުން ހުއްޓި ސީރިއަސް ހާލުގައި އޮތް އުމުރުން 15 މަހުގެ ތުުއްތު ކުއްޖަކު ސަލާމަތް ކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭނގަޑުގެ ވަގުތެއްގައި އޭނާގެ މަންމަ ކެރޮލިން އިވަނޮވް އެކުއްޖާ ގޮވައިގެންގޮސް ރެސްޓޯރެއްޓެއްގައި ހުއްޓައި އެވެ.

ކުއްލިއަކަށް އެކުއްޖާގެ މޫނަށް ނޫ ކުލައަށް އަރަން ފެށުމުން އެކުއްޖާގެ މަންމަ ރޮމުން އެކުއްޖާ އަތްދަނޑި މައްޗަށް ލައިގެން ރެސްޓޯރެންޓުން ނިކުތެވެ. އަދި ނިކުމެވުނީ ފުލުހުންގެ ޕެޓްރޯލް ކާރެއް ކުރިމައްޗަށް ކަމުން ފުލުހުން ގާތު އެހީއަށް އެދުނެވެ. އެވަގުތު ހާސްވެފައިވާ މަންމައަށް އެހީތެރިވުމުގެ ގޮތުން ނިއުޔޯކްގެ އެ ފުލުހުން އެ ހިސާބާއި އަށް މިނެޓް ދުރުގައި އޮތް އެންބިއުލާންސަށް ގުޅިއެވެ.

ނަމަވެސް އެކުއްޖާގެ ހާލު އިތުރަށް ގޯސްވަމުންދާން ފެށުމުން އެންބިއުލާންސަށް މަޑުނުކޮށް، ކާރުގެ ފަހަތު ސީޓަށް އެކުއްޖާ ލައިގެން އެހިސާބު ހޮސްޕިޓަލަކަށް ގެންގޮސްދިނުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ. ޑޮކްޓަރުން ބުނެފައިވަނީ، ކުއްޖާއަށް އެ ހާލަތުގައި ދޭންޖެހޭ ފަރުވާ ކުޑަކޮށް ލަސްވިނަމަވެސް އޭނާ ސަލާމަތް ނުކުރެވުނީސް ކަމަށެވެ.

މިކަމާއި ގުޅިގެން އެކުއްޖާއަށް އެހީތެރިވި ފުލުހުންނަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ރައްދުކުރަމުންދާއިރު، އިންސާނިއްޔަތަށްޓަކައި އެފަރާތްތަކުން ކޮށްދިން ކަންތައް އަބަދުވެސް ބަލައިގަނެ އެކަމަށް ޝުކުރުވެރިވާނެ ކަމަށް ކެރޮލިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޒް

    މަހީކުރީ ރާއްޖެ ފުލުހުން ކަމަށް... ރާއްޖެ ފުލުހުން އެއީ ވަކި ޕާޓީއަކަށް ބަލާ އެހީތެރިކަން ފޯރުކޮއްދޭ ބައެއް

    • ފެންނަގޮތް

      އެހެންވެ ދާދި އިހަކަށްދުވަހަކު ރާއްޖޭގެ ފުލުހަކު ކުއްޖަކު ކޮނޑަށް ލައިގެން ހޮސްޕިޓަލްއަށް ގެންދިޔައީ.

  2. ވިސްނަވާ

    ރާއްޖޭގައިވެސްވަރަށްރަގަޅު ޝުކުުރުހައްޤްވާ ފުލުހުން ތިއްބަވާ މިކަމުގެހެއްކަކަށް
    ވާނެ ރާއްޖޭގެ ފުލުހަކު ކުއްޖަކު ކޮޑަށްލައިގެން ހޮސްޕިޓަލަށްގެންދިއުން ކޮމެންޓްލިޔުއްވާ
    އިރު ޒާތީނުވެ ޕާޓީއެއްގެނަން ގެނެސް ސިޔާސީނުވުން މުހިއްމު