"ތިކް" ނަމަކަށް ކިޔާ ކުޑަ ސޫތްޕެއް ދަތް އެޅުމުގެ ސަބަބުން ހިނގުމާއި ވާހަކަ ދެއްކުމުން ފަސް އަހަރުގެ ކުއްޖަކު މަހުރޫމް ވެއްޖެއެވެ.

އެމެރިކާ އަށް އުފަން އެކުއްޖާގެ މަންމަ ޖެސިކާ ގްރިފިން ބުނިގޮތުގައި ދަރިފުޅު ކައިލީން ކުއްލިއަކަށް ވާގިނެތި ހިނގުމާއި ވާހަކަ ދެއްކުމުން މަހުރޫމުވީ މިދިޔަ ބުދަ ދުވަހު އެކުއްޖާގެ ބޮލުގެ އޭގެ ސޫތްޕެއް ދަތް އެޅުމުގެ ސަބަބުން ކަމަށެވެ.

އެކުއްޖާގެ ބޮލުގައި އޭތި ދަތް އެޅިކަން އެނގުނީ ހެނދުނު ސުކޫލަށް ދިޔުމަށް އެކުއްޖާގެ މަންމަ ފުނާ އަޅައިދިނުމަށް އުޅުމުގެ ތެރޭގައެވެ.

ހެނދުނު ހޭލިއިރުވެސް އެކުއްޖާ ބަސްމަދުވެފައި ވަރަށް ވަރުބަލިވެފައި ނިދި އައިސްފައި އިން ކަމަށް މަންމަ ބުނިއިރު ފުނާއެޅުމަށް ބޮލުގައި ފުނާހޭކި ވަގުތު އެކުއްޖާ އިނީ ވާހަކަ ނުދެއްކެވިފައިކަން ފާހަގަކުރެވުނު ކަމަށް މަންމަ ބުންޏެވެ.

އަދި ތިކް އެއް ދަތް އަޅާފައި އިންތަން ފެނުމުން ވަގުތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ. އެކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ތިކްގެ ކުޅު ވަރަށް ބޮޑަށް ވަދެފައިވުމުން އެކުއްޖާގެ ހާލު ރަނގަޅުވާނެ ކަމަށް ބެލެވެނީ ތިކްގެ ކުޅު އެކުއްޖާގެ ގައިން ނަގާތާ 24 ގަޑިއިރު ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޖެސިކާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމަ ބުނެލީ

    ތިކް އެއް ނޫން "ޓިކް"