ސާފު ވަޔަކީ ދިރިހުންނަށް މުހިންމު އެއްޗަކަށް ވެފައިވާ އިރު ފެނަކީ ވެސް ވަރަށް މުހިންމު އެކައްޗެވެ. ހަަށިގަނޑުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ހިންގުމަށް ފެން ބޭނުންވާނެއެވެ. ހަށިގަނޑަށް ބޭނުން ވާ މިންވަރަށް ފެން ނުލިބޭ ނަމަ ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތި ލާންޖެހެއެވެ. އެހެންކަމުން ގިނައިން ފެން ބުއިމަކީ މުހިންމު ކަމެކެވެ.

ފެނާ ނުލާ ދިރި ނޫޅެވޭނެ ކަން އަހަރުމެން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އިންސާނާގެ ހަށިގަނޑަށް މަދުވެގެން 8-10 ތަށި ފެން ބޭނުން ކުރާ ނަމަ ހަށިގަނޑުން ފެން މަދު ނުވެ އެއްވަރެއްގައި ހިފަހައްޓައި ދޭނެ ކަމަށް ގިނަ މީހުން ބުނާ އަޑު އަހަރުމެންނަށް ވަރަށް ގިނައިން އިވޭނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނާގެ ހަށިގަނޑަށް ދުވަހަކަށް 11-15 ތަށި ފެން ބޭނުންވާނެއެވެ. މިހެން މިކަން ކުރަން އޮތް ކަމުގައިވީ ނަމަވެސް ގިނަ މީހުންގެ ކަށީގައި މިކަން ހަރުލާފައެއް ނުވެއެވެ. ގިނަ މީހުންނަށް ފެން ބުއިމަކީ ވަރަށް ފޫހި ކަމެކެވެ.

ފެން ބޯން ފޫހިވާނަމަ ހަށިގަނޑަށް ފެން ލިއްބައިދޭނެ އެހެން ގޮތްތައް ވެސް ހުރެއެވެ.

ކިއުކަންބާ ފަންޏަކީ ހަށިގަނޑު އަބަދުވެސް ތެތްކޮށް ބަހައްޓައިދޭން އަދި ސިއްހަތަށް ވެސް އެހާމެ ފާއިދާ ހުރި ބުއިމެކެވެ. ހަދާލަން ފަސޭހަ ބުއިމެއްވެސް މެއެވެ. ކަރު ހިއްކައިގެން ފެން ބޯން ފޫހިވެފައި ތިބި މީހުންނަށް އުފާވެރި ހަބަރަކަށް މި ވެގެން ދާނެއެވެ.

ހަށިގަނޑުގައި ފެން ހިކުމުގެ ސަބަބުން އެކި ކަހަލަ މައްސަލަ ދިވާގެންދެއެވެ. އޭގެ ތެރޭގައި އަނގަ ހިކުމާއި ވަރުބަލިވުމާއި އަދި ކުޑަ ކަމުދާން އުނދަގޫ ވާނެއެވެ. ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ދިމާވާ އެހެން އުނދަގޫ ވާ ފަދަ މައްސަލަތަކުގެ ތެރޭގައި ބޮލުގަ ރިއްސުމާއި ބަނޑު ހިކުމާއި ބަނޑު ހަރު ވުމާއި ހަންގަނޑު ހިކޭ ގޮތް މެދުވެރިވާނެއެވެ.އަދި މީގެ އިތުރުން ބައެއް ފަހަރަށް ހިތުގެ ވިންދު އާދަޔާ ހިލަފަށް އިތުރުވެ ނޭވާލުން އަވަސް ވެގެންދިއުން ވެސް ހިމެނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ލިބިފައިވާ ނަމަ މީހާ ގައިގައި ވަރު ޖެހި ހީވާގި ވާނެއެވެ. އަދި ގުނަވަންތައް ވެސް ރަނގަޅަށް މަސައްކަތް ކުރާނެއެވެ. ކިއުކަންބާ ފަނިން ލިބޭ މީރުގެ ރަހައިގެ ސަބަބުން ގިނައިން ފެން ބޯހިތްވެ ހަށިގަނޑަށް ބޭނުންވާ ވަަރަށް ފެންލިބި ހަށިގަނޑުތެއްކޮށް އެއްވަރެއްގައި ބަހައްޓައިދޭނެއެވެ.

ގިނަ ގިނައިން ކެއުމަކީ ވަރަށް އަވަހަށް ބަރުދަން އިތުރުވެގެން ދާނެކަމެކެވެ. އޭގެ ސަބަބުން ވަރުބަލިވެ ކާން ކަނޑައެޅިފައި އޮންނަ އޮނިގަނޑަށް ބަދަލު އަންނާނެއެެވެ.

ކާން އޮންނަ ގަޑި ނޫން އެހެން ގަޑިއެއްގައި ބަނޑުހައިވާ ނަމަ ކިއުކަންބާ ފަނި ތައްޓެއް ބޯލާށެވެ. އަނގަ ހިކުމާއި ބަނޑުހައިވުމަކީ ވަރަށް އެއްކަހަލަ ދެ ކަންތަކެވެ. ކިއުކަންބާ ފަނި ތައްޓެއް ބޯލުމުން ކާންޖެހޭ ވަގުތާ ހަމަޔަށް ކާއެއްޗެއް ނުކައި ހުރުމަށް އެހީތެރިވާނެއެވެ.

އަހަރުމެންގެ ތެރޭގައި ގިނަ އަންހެނުން މޫނުގައި އާއި ލޯ މަތީގައި ކިއުކަންބާ، މޫނު ރީތި ކުރަން އަޅާ މާސްކެއް ނޫނީ ޓޯނާ އެއް ގޮތަށް ބޭނުން ކުރެއެވެ. ކޮންމެ ގޮތެއްގައި ވިޔަސް ކިއުކަންބާ ކެއުމާއި ކިއުކަންބާ އިން ފެން ތައްޔާރު ކޮށްގެން ބުއިމުގެ ސަބަބުން ހަންގަނޑު އޮމާންވެ މީހާ ޒުވާން ކޮށްދީ މޫނު މަތި ތާޒާކަން ދައްކުވައި ދޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ކިޔުކަމްބާ ފަނި ހަދާނެގޮތް:
    2ފޮތި ކިޔުކަމްބާ، 2ފޮތި ލުނބޯ، 4ކުދީނާފަތް، 4ކިޔުބް ބްރޯންޝުގަރ ފެންތަށްޓަކަށް އަޅާ ސަމުސަލަކުން ގިރާލާފާ ބަހައްޓާ 5މިނިޓްފަހުން ބޭނުންކުރޭ. މީގައި ފައިދާ ލިބުނީ ކިޔުކަމްބާއިންކަމެއް ލުނބޮއިންކަމެއް، ކުދީނާ ފަތުންކަމެއް ނޭގޭ. ދެންމިއަށް ކިޔުކަމްބާ ފަނި ކިޔަން ޖެހުނީ ކީއްވެ؟