ހިންދީ، ޓެމިލް އަދި ކަންނަޑާ ފިލްމުތަކުން އާންމުންނަށް ފެނިގެން ގޮސްފައިވާ ފިލްމީ ތަރި އަކްޝަރާ ގޯޑާއަކީ ނަލަ ހެދި ޗާލު ވެގެން ނަގާފައި ހުންނަ ފޮޓޯތައް މީސްމީޑިއާގައި ވަރަށް ގިނައިން ހިއްސާ ކުރަމުންދާ މީހެކެެވެ.

އެގޮތުން އޭނާ ދާދި ފަހުން މީސްމީޑިއާގައި އާންމު ކުރި ފޮޓޯތަކަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

އަކްޝަރާ ރީތި ފޮޓޯތައް ހިއްސާކޮށްފައިވާ އިރު، ޑިޕްރެޝަން އާއި ތަފާތު ކުރުމާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު އަކްޝަރާ ވަނި އޭނާ ޑިޕްރެޝަން އާއި ކުރިމަތިލި ގޮތް ކިޔާދީފައެވެ.

އަކްޝަރާ ބޮލީވުޑްގައި މަސައްކަތުގެ ތެރެއަށް ވަނީ ޕްރިޔަދަރްޝަންގެ ފިލްމެއް ކަމަށްވާ ރަންގްރޭޒް އިން 2013 ވަނަ އަހަރުގައެވެ.

އަކްޝަރާ އުފަންވެފައި ވަނީ އިންޑިއާގެ ބެންގަލޫރަށެވެ. އޭނާ ތައުލިމު ހާސިލް ކޮށްފައިވަނީ ނިއު ކެމްބުރިގް ހައި ސްކޫލް އިންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ބޮޑަށް ހަށިގަނޑުގެ ބޮޑުބައެއް ފެންނަގޮތަށް ހުންނަންޏާ ތިބުނާހެން ވާނެ.

    1
    1