ޔޫކްރޭންގެ އާކިއޮލޮޖިސްޓުންނަށް ފެނުނު އިންސާނެއްގެ ހަށިގަނޑެއްގައި ހުރި އާދަޔާއި ހިލާފު ކަންތައްތަކެއްގެ ސަބަބުން ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ. މީގެ 4500 އަހަރު ކުރިން ވަޅުލާފައިވާ ކަމަށް ބެލެވޭ މިމީހާގެ ކަށިތަކުގައި ވެސް ކުރެހުންތަކެއް އެބަހުރި ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

މިކަށިގަނޑަކީ ޒުވާން އަންހެނެއްގެ ކަށިގަނޑެކެވެ. އޭނާގެ އުމުރުން ވާނީ 25 އަހަރާއި 30 އަހަރާއި ދެމެދުގެ އަހަރެއް ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

"އޭނާގެ ކަށިތައް ވަނީ ވަރަށް ރީއްޗަށް ބަލައިގެން ވަކި ހަމަތަކެއްގެ މަތިން ޑެކަރޭޓް ކޮށްފައި. މިއީ އަހަރެންމެންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް." އާކިއޮލޮޖިސްޓެއް ކަމަށްވާ އެޑަމް މިކޮވިޗް ބުންޏެވެ.

މިހާރު އާކިއޮލޮޖިސްޓުން ގެންދަނީ އޭނާގެ ކަށިތައް އިތުރަށް ދިރާސާ ކުރަމުންނެވެ. މިދިރާސާތައް ނިމޭއިރު އޭނާގެ ކަށިތަކުގައި ހުރި ކުރެހުންތަކާއި ބެހޭ އިތުރު މައުލޫމާތުތައް ލިބޭނެ ކަމަށް ސައިންސްވެރިން އުއްމީދު ކުރެއެވެ.

މިހާރު އާކިއޮލޮޖިސްޓުން ލަފާކުރާ ގޮތުގައި އޭނާ މަރުވުމުން ވަޅުލާފައި ދުވަސްތަކެއް ފަހުން އަނެއްކާ ހަށިގަނޑު ނެގުމަށްފަހު ކަށިތަކުގައި ވަނީ ކުރަހާފައެވެ. އެއީ ސިހުރު ހެދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމަކަށް ވެސް ވެދާނެ ކަމަށް އާކިއޮލޮޖިސްޓުން ލަފާކުރެއެވެ.

ނޫންނަމަ މިއީ ވަރަށް ހާއްސަ މަގާމެއް ލިބިފައިވާ އަންހެނަކަށް ވާތީ އޭނާ އާއި ދޭތެރޭ ތަފާތު ގޮތަކަށް ކަންތައް ކޮށްފައި ވަނީކަމަށް ވެސް އާކިއޮލޮޖިސްޓުން ލަފާކުރެއެވެ.

އެންމެ ބޮޑު ހައިރާންކަމެއް ލިބޭ އަނެއް ކަމަކީ މިކަށިގަނޑު ފެނު ސަރަހައްދުން ވެސް އަދި އެނޫން ސަރަހައްދަކުން ވެސް މިފަދަ ގޮތަކަށް ކުރަހާފައިވާ ކަށިތަކެއް މީގެ ކުރިން ފެނިފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުޔޫބޭ

    ތިޔަކަށިތައް ކޮވިޑަށް ޓެސްޓްކޮސްފިއްޔާ ފައްސި ވާނެ.

  2. ކިއުންތެރިއެއް

    ކޯޗެއްތޯ ކުރެހިފަ ހުރީ...!