ގިނަ ބަޔެއްގެ މެދުގައި ބޮލީވުޑް ލަވަތައް ވަނީ މަގްބޫލު ވެފައެވެ. ބޮލީވުޑް ފިލުމު ތަކުގެ ރީތިކަން ގެނެސްދޭ ޕްރޮމޯޝަން ލަވަތަށް ގިނަ ބަޔެެއްގެ އެންމެ ކަމުދާ ލަވަތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، 'ގަރްމީ' އާއި 'އޯ ސާކިި' އަދި 'ދިލްބާރް' ފަދަ ލަވަތަކީ ނެހާ ކަކާރުގެ މިފަހުން އެންމެ ހިޓް ވެފައިވި ލަވަތަކެވެ. ގިނަ ބަޔެއްގެ ތަރުހީބު ލިބި މި ލަވަތަށް ވައިގައި ހިފާފަ ވީ ނަމަވެސް، ބޮލީވުޑްއިން ލަވައިގެ އަގު ލަވަ ކިޔާ މީހުންނަށް ނުދޭ ކަމަށް 11 ވަނަ އިންޑިއަން އައިޑަލްގައި ޖަޖެއްގެ މަގާމު އަދާ ކޮށްފައިވާ ނެހާ ކަކާރު ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ދާދި ފަހުން ޓީވީ އިންޓަވިއު އެއްގައި ބުނެފައިވަނީ ބޮލީވުޑަށް ލަވަ ކިޔައިދީގެން މާލީ ގޮތުން ފައިދާ ނުވާ ކަމަށެވެ. ލަވަޔެއް ހިޓް ވެއްޖެ ނަމަ އެ ލަވަކީ މީހަކަށް މާލީ ގޮތުން ވަރަށް ފައިދާ ވާނެ ކަމަށް ގިނަ ބަޔަކު ހީކުރެއެވެ.

އުމުރުން 31 އަހަރުގެ ބޮލީވުޑް ލަވަކިޔުންތެރިޔާ ނެހާ ބުނެފައިވަނީ ފައިސާ ލިބެނި ޝޯތަކުގައި ލަވަ ކިޔައިގެންް ކަމަށެވެ. މި މައުލޫއަށް ވާހަކަ ދައްކަމުން ނެހާ ބުނީ އޭނާއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ފިލްމު އިންޑަސްޓްރީއަށް ލަވަ ކިޔަިދިނުމަށް ވުރެ އަމިއްލައަށް ލައިވް ޝޯ ތަކާއި ކޮންސެޓް ތަކުގައި ލަވަ ކިޔުމުން ކަމަށެވެ.

ނެހާގެ ގިނަ ލަވަތަކެއް މަޝްހޫރު ވެފައިވާއިރު ވަރަށް އަވަހަށް ޔޯޔޯ ހަނީ ސިންގް އާއި އެކު ނެހާ ކިޔާފައިވާ 'މޮސްކޯ ސުކަ' ބެލުންތެރިންނާއި ހިސާބަށް އަންނާނެއެވެ.