އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލު ކުރަން ސިންގަޕޫރަށް ވަޑައިގެންނެވިއިރު ފާހާނާ ކުރުމަށްޓަކައި ކޮންމެ ތަނަކަށް ވެސް ގެންދެވޭ ފަދަ ޕޯޓަބަލް ފާހާނާއެއް ގެންދެވި ކަމަށް ދެކުނު ކޮރެއާގެ ނޫހަކުން ރިޕޯޓް ކޮށްފިއެވެ.

ދެކުނު ކޮރެއާގެ ނޫހުން ބުނިގޮތުގައި މިފަދަ ފާހާނާއެއް ކިމް ސިންގަޕޫރަށް ގެންދެވީ ފާހާނާ ކުރުމުގެ ތެރޭގައި އޭނާ އަށް ވިހައެއްގެ އަސަރު ކޮށްފާނެތީއެވެ. ފާހާނާގެ ކޮންމެވެސް ނިޒާމެއް ބޭނުން ކޮށްގެން އޭނާ އަވަހާރަކޮށްލުމުގެ ހަމަލާއެއް ކޮންމެވެސް ފަރާތަކުން ދީފާނެ ކަމަށް ކިމް ޝައްކު ކުރެއެވެ. އެހެންކަމުން އެކަމުން ރައްކާތެރިވުމަށްޓަކައި ފާހާނާއެއް ގެންދެވީއެވެ.

މީގެ އިތުރުން ކިމް ވަނީ ސިންގަޕޫރަށް ވަޒަން ނާރާނެ ލިމޮޒިންއެއް ވެސް ގެންދަވާފައެވެ.

ކިމް ސިންގަޕޫރަށް ވަޑައިގެންފައި ވާއިރު މިއީ ކިމް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވައިގެ މަގުން އެހެން ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ކިމް ސިންގަޕޫރަށް ވަޑައިގެންނެވީ ޗައިނާގެ ފްލައިޓެއްގައެވެ. ޗައިނާ އަކީ އުތުރު ކޮރެއާގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ކިމް އާއި ޓްރަމްޕް މާދަމާ ބައްދަލުކުރައްވާނެއެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ ކިމް އާއި ޓްރަމްޕްގެ އިތުރުން ތަރުޖަމާނުން އެކަންޏެވެ. އެއްވެސް ސަރުކާރެއްގެ އިތުރު ބޭފުޅަކު ބައްދަލުވުމުގައި ބައިވެރިއެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ރައީސް މައޫމޫނު ވެސް ގެންގުޅޭ ތިކަހަލަ ފާހާނަ އެއް.

  2. 3ނިރު

    މަރެއްނުވާނެ ތިކަލޭގެއެއް

  3. ނުރަބޯ

    ކޮބާ މައްސަލައަކީ.....؟