ފިހާރަތަކުން ގަންނަ ތަކެތި ގެއަށް ޑެލިވާ ކުރުމަށް ގިނަ ބަޔަކު ޑިމާންޑު ކުރެއެވެ. ސިންގަޕޫރުގައި މީހުންގެ ޑިމާންޑުތަކަށް ބަލައި ގޭގެއަށް ތަކެތި ޑެލިވާ ކުރާނެ ރޮބޮޓެއް ވަނީ އުފައްދައިފައެވެ.

އޯޓީއެސްއޭޑަބްލިއު ޑިޖިޓަލް އިން ޑެލިވާ ކުރުމަށް އުފައްދާފައިވާ ރޮބޮޓަށް ކިޔަނީ "ކެމެލޯ"އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މި ރޮބޮޓް ވަނީ 700 މީހުންނަށް ޑެލިވަރީ ހިދުމަތް ފޯރު ކޮށްދީފައެވެ.

ސިންގަޕޫރުގައި މި ގެނެވުނު ޓެކްނޮލޮޖީ ކުރިއެރުމާއެކު ރައްޔިތުން ގެއެށް ކާބޯތަކެތި ނުގެނެވިގެން ކަންތައް ބޮޑުވެފައި ތިބެން ނުޖެހޭނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ގޭގައި ތިބެ ކިރާއި ބިސް ފަދަ ގެއަށް ބޭނުންވާ ސާމާނު އޯޑަރު ކޮށްލުމުން ރޮބޮޓް ޑެލިވާ ކޮށްދެއެވެ. ޕެކޭޖު ލިބެން ޖެހޭ ތަނާއި ރޮބޮޓް ކައިރި ވުމުން އޯޑަރު ކުރި ފަރާތަށް މެސެޖެއް ލިބޭނެ ކަމަށް ބުނެފައިިވެއެވެ. "ކެމެލޯ" ޑެލިވަރީ ރޮބޮޓްގެ ހިދުމަތް ގޭގެ ސިޓިންގް ރޫމްއާއި ހިސާބަށް ކޮށްދެއެވެ.

3ޑީ ސެންސަރާއި ކެމެރާ ހަރުކޮށްފައިވާ މި ޑެލިވަރީ ރޮބޮޓަށް 20 ކިލޯގެ ތަކެތި އުފުލެއެވެ. ރަސްމީ ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް އޮންލައިންކޮށް ކުރާ ހަތަރު ފަސް އޯޑަރު ޑެލިވާ ކުރާއިރު ބަންދު ދުވަސްތަކުގައި އޯޑަރު ކުރުމަށް ޖެހެނީ ގުޅާލަން ކަމަށް ރިޕޯޓުތައް ބުނެއެވެ.