އޮސްޓްރިއާގައި ފުލުހެއްގެ ކުރިމަތީގައި ބާރަށް ފޮޑި ޖެހި މީހަކު ދައްކަން ޖެހުނު 500 ޔޫރޯގެ ބަދަލުގައި 100 ޔޫރޯ ދަައްކަން ޖެހޭ ގޮތަށް ކޯޓުން ހުކުމްކޮށްފިއެވެ. އެ ހުކުމްކޮށްފައި ވަނީ އޮސްޓްރިއާ އެ މީހާ އެ ޖޫރިމަނާ ކުޑަކޮށްދޭން ކޯޓުގައި އެދުމުންނެވެ.

މިދިޔަ އަހަރު ޖޫން މަސް ތެރޭގައި ދިމާވި މި ހާދިސާގައި، ބޮޑު ޖޫރިމަނާއެއް ދައްކަން އެ މިހާ ޖެހުނީ، އާއްމު ތަނެއްގައި ބާރަށް ފުލުހެއްގެ ގަޔަށް ފޮޑި ޖެހުމުންނެވެ.

އެހެން ނަަމަވެސް އެ ފިރިހެން މީހާ ބުނާގޮތުގައި، އެއީ ރަނގަޅު ޖޫިމަނާ އެއް ނޫނެވެ. އެހެންވެ އޭނ ވަނީ އެ މައްސަލަ ކޯޓަށް ހުށަޅާފައެވެ. އޭނާ ކޯޓުގައި ބުނީ، އެއީ ގުދުރަތްތެރިކަމުން ވާ ކަމެއް ކަަމަށާއި، އެއްވެސް މީހަކަށް އެކަމާއި ޖަދަލު ނުކުރެވޭނެ ކަމަށެވެ.

އަދި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ހައްގެއް ކަމަށްވެސް އޭނާ ވަކާލާތުކޮށްފައި ވެއެވެ.

އޭނާ ދެއްކި ވާހަކަތަަށް ބިނާކޮށް ކޯޓުން ވަނީ އެ ޖޫރިމަނާ 500 ޔޫރޯއިން 100 ޔޫރޯއަށް ދަށްކޮށްފައެވެ. އަދި އެ މީހާއަކީ މީގެ ކުރިން އެއްވެސް ކަހަލަ ކުށުގެ ރެކޯޑެއް އޮތް މީހަަކަށް ނުވުމަކީ ސަބަބެއް ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު