މީސްމީޑިއާ މެދުވެރިކޮށް ލޮލުގެ ފެނުން ޓެސްޓް ކޮށްލެވޭނެ ބައިވަރު ވަސީލަތްތައް މިޒަމާނުގައި މިހާރު ވަނީ ފަހިވެފައެވެ. މިގޮތުގައި މަތިން ފެނިގެންދާ ފޮޓޯއަކީވެސް މިފަހަކަށް އައިސް މިގޮތަށް ވައިގަ ހިފައިގެން އުޅޭ ފޮޓޯއެކެވެ.
ޑްރޯން އެއް ބޭނުން ކޮށްގެން އިންޑިއާގެ މީހަކު ނަގާފައިވާ އެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރަމުން އޭނާ ވަނީ އެ ފޮޓޯއިން ޖަނަވާރެއް ފެނޭތޯ ސުވާލު ކޮށްފައެވެ.
އޭނާ ބުނި ގޮތުގައި އެ ފޮޓޯއަކީ އެއީ ގެއްލިގެން ހޯދަމުން ދިޔަ "ލެޕާޑް" އެއް ހޯދުމަށް ކުރި މަސައްކަތުން ނެގިފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެނިގެން ގޮސްފައިވަނީ ރަން ކުލައިގެ ހަނޑޫ ދަނޑެއް ކަހަލަ ތަނެއްގައި އެ "ލެޕާޑް" ޖައްސާލައިގެން އޮންނަ މަންޒަރެވެ.
އެ ލެޕާޑް އެގޮތަށް އޮންނައިރު، އޭގެ ކުލަ އާއި އެތަނުގައި ހެދިފައި ހުރި ގަސްތަކުގެ ކުލަ އެއްގޮތް ކަމުން ބައެއް ފަރާތްތަކަށް އެއީ ކޯއްޗެއް ކަން ނުވަތަ އެފޮޓޯއިން ޖަނަވާރެއް ހޯދަން އުނދަގުލެވެ.
އެ ފޮޓޯ ޓުވިޓާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެ ފޮޓޯ ބަލައި ކޮމެންޓް ކޮށްފައެވެ. އެގޮތުން ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ފޮޓޯއިން ޖަނަވާރެއް ފެނުނު ނަމަވެސް އެއީ ވަރަށް ވެސް އާދަޔާއި ހިލާފު ގޮތަކަށް ފިލައިގެން އުޅުނު ޖަނަވާރެއް ކަމަށެވެ.
އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ފޮޓޯ އަކީ އެއީ ލޮލުގެ ޓެސްޓް ހެދުމަށް ވެސް ބޭނުން ކުރެވިދާނެ ކަހަލަ ފޮޓޯއެއް ކަމަށް ބެލެވޭ ކަމަށެވެ.
ޥަގުތު މީހުން މޮޔައީތަ. ބަލަ އަހަރުން ކަނެއްނޫނޭ ޓައިގާނުފެންނާކަށް
މަރީ ދޫންޏާ އަދި އިހައް މަޑުކޮއްލަބަލަ. އެއީ ޓައިގާއެއް ނޫން!!! ޗީޓާއެއް ނޫނީ ލިއޮޕާޑެއް. ހަމަ ގައިމުވެސް ޓައިގާ އަކައް ނުވާނެ. ދެން ފަހަރަކުވެސް މާ އަވަހައް އުޅެން ހަދައިގެން އަމިއްލަ މީހާއައް ކަނައް ނުގޮވާތި. ރަމަލޯން މުބާރިކް!!!
މަރީ ދޫންޏާ އަދި އިހައް މަޑުކޮއްލަބަލަ. އެއީ ޓައިގާއެއް ނޫން!!! ޗީޓާއެއް ނޫނީ ލިއޮޕާޑެއް. ހަމަ ގައިމުވެސް ޓައިގާ އަކައް ނުވާނެ. ދެން ފަހަރަކުވެސް މާ އަވަހައް އުޅެން ހަދައިގެން އަމިއްލަ މީހާއައް ކަނައް ނުގޮވާތި. ރަމަލޯން މުބާރިކް!!!
މިކަހަލަ ޙަބަރު ނުގެނެސް ދިނިއްޔާ ރަނގަޅުވާނީ.