އެންޓަޓެއިންމެންޓް އިންޑަސްޓްރީގައި މަލްޓިޓެލެންޓް އާޓިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިސްމާއިލް ޖުމައިހު ދެކެ އިންތިހާ އަށް ލޯބިވާކަން އޭނާ އާއި އެކުގައި މަސައްކަތް ކުރާ ފަންނާނެއް ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) ހާމަކޮށްފިއެވެ.

މިދެތަރިން ލޯބީގެ ގޮތުން އުޅުނު ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް އެކަމަ ގުުޅުމެއް އޮތްކަން އެ ދެ ތަރިން ކުރެ އެއްވެސް މީހަކު ޔަޤީން ކޮށްދީފައެއް ނުވެއެވެ.

އެނގޭ ކަމަކީ ވަރަށް ސާދާ ގާތް ރަހުމަތްތެރިކަމެއް މި ދެ ތަރިންގެ ދެމެދުގައި އޮންނަ ކަމެވެ. އަދި އެކަކު އަނެކަކަށް ހިއްވަރުދީ އެކަކު އަނެކަކާއި އެކު ވާކަން މި ދެތަރިންގެ މީސްމީޑިއާއަށް ބަލާލުމުން ވެސް ހާމަވެއެވެ.

މިއަދަކީ ޖުމައިިހުގެ އުފަންދުވަހެވެ. އާޝާގެ އިންސްޓަގްރާމް ސްޓޯރީގައި ޖުމައިހު ޓެގްކޮށް، ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ޖުމައިހު ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ އާޝާ ޖުމައިހު އަށް ކިޔާފައި ވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

އޭނާ ވަނީ އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއްގެ ކޮލާޖެއް އެ ޕޯސްޓުގައި ހިމަނާފައެވެ. އަދި އެ ސްޓޯރީ އިން އިވޭ ލަވައަކީ ދެމީހުން އެކުގައި ފެނިގެން ދިޔަ ދިވެހި ލަވައެކެވެ.

އާޝާ އަކީ ދިވެހި ފިލްމީ ދާއިރާގެ އެންމެ ޒުވާން އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ފަންނާނެވެ. އޭނާ އަކީ މިހާރު އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ އެއް ފަންނާނެވެ. އޭނާ ދަނީ ތަފާތު ރޯލުތަކުން އޭނާގެ އެކްޓިންގެ ކުޅަދާނަކަން ދައްކާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޅޮލް

  ޢަހަރުންނަށް ކޮންކަމެއް.

  42
  5
 2. 😡

  ކޮބާހޭ މަކުރި ކޮމެންޓު

  14
 3. 😂

  ވަގުތަކަށް ހަޖަމެއްނުވޭ ކުރާ ކޮމެންޓެއް 😂

 4. އަސްލު

  ސްޓޮޕް މޭކިންގ ސްޓުޕިޓް ޕީޕަލް ފޭމަސް.

  2
  2
  • ހާހާ

   ސްޓުޕިޓޭ؟ ކާކުބާ ސްޓުޕިޑް މިވީ... ހައްހައްހާ