ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ވާހަކައެއް ކަމަށްވާ "ވަންހަނާ" މިރަމަޟާން މަހު "ވަގުތު" ގައި ގެނެސްދޭން ފަށައިފިއެވެ،

މީގެ ކުރިން އެއްސީޒަން ޝާއިއު ކޮށްފައިވާ ވާހަކަ "ވަގުތު" އިން ގެނެސްދެނީ ފުރަތަމަ ސީޒަނުން ފެށިގެން ވާހަކަ ނިމެންދެނެވެ.

ލޯތްބާއި، ހިތަމާއާއި އަދި ބިރުވެރި ހާދިސާތައް ގެނެސްދީފައިވާ މިވާހަކައަކީ "ހުރިހާ ރަހައެއް" ހިމެނޭ ވާހަކައެކެވެ.

ވާހަކަ ލިޔުންތެރިޔާ ނިޝާން މިވާހަކައިގައި އަންހެން ކުއްޖަކު އޭނާގެ މަންމަގެ މަރުގެ ބަދަލު ހިފަން ކުރާ މަސައްކަތް ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.

"ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް ހެއްޔެވެ؟ މަންމަގެ ހަޔާތުގައި ކަން ހިނގައި ދިޔައީ އެ ބީދައިން ކަމަކަށް އަހަރެން ޤަބޫލެއްނުކުރަމެވެ. މަންމައާއި ބައްޕަގެ ހަޔާތަށް އެޅި ހޮނު ގުގުރީގެ އަސަރު އެންމެ ބޮޑަށް ކުރީ އަހަންނަށެވެ. އެ ތޫފާނުގައި ހައްޔަރުވެ، ޔަތީމު ވެގެން ދިޔައީ ޚުދު އަހަރެންނެވެ. އެންމެންގެ ލޯތަކުގައި އަނދުން އެޅުވިގެން ދިޔައިރުވެސް، އެ ހަޤީޤަތް އަހަންނަން ވަންހަނާ ވެފައެއް ނެތެވެ."

އަންހެން ކުއްޖާގެ ނަޒަރުގައި އޭނާގެ މަންމަގެ މަރަކީ ބަޔަކު މީހުން ހިންގި ބޮޑު ޖަރީމާއެކެވެ. އެ މަރުގެ ބަދަލު ހިފުމަށް އޭނާ "ބަދަލުވީ ވަރުގަދަ ތޫފާނަކަށެވެ." މަންމަ ދެކެ އިންތިހާއަށް ލޯބިވި ދަރިފުޅުވީ "އެ ޤާތިލުގެ ލޮލަށް ވެއްޓުނު ކުނޑިކޮޅަކަށެވެ. ކަރުބުޑުގައި ހުރަހަށް ޖެހުނު ކަށްޓަކަށެވެ."

ވާހަކައިގެ އެންމެ ބޮޑު އެއް ސުވާލަކީ ނަފުރަތުގެ ބިޔަ ރާޅުތަކުގެ ތެރެއިން އޭނާ އާއި ލޯބި ބައްދަލުކޮށްފާނެ ހެއްޔެވެ؟ އެކަން ވެއްޖެނަމަ އޭނާގެ ދިރިއުޅުމަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟

މިވާހަކަ ކޮންމެ ރެއެއްގެ 21:00 ގައި "ވަގުތު" ގައި ޝާއިއު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޝީދު

    ލޮލް.ވަގުތައް ވުރެ ކޮސް ބައެއް ނުދެކެން. އަމިއްލަ ސްޓޯރީ ހަބަރަކަށް ހަދައިގެން މި އުޅުނީ. ގައުމުގެ ހާލަތު.

    2
    1
    • މީ މަށޭ.. ނޭނގޭ ދޯ

      ތިކަހަލަ ކަންކަމާ ބެހޭނީވެސްް ހަމަ ކޮސް މީހުން

      4
      1
      • ރަޝީދު

        ބުނިބަސް އަނގަޔައް. ލޮލް