ބޭނުންވާނެ ތަކެތި

½ 1 ޖޯޑު ހަކުރު

½ ޖޯޑު ބަޓަރު

4 ބިސް ( ރީނދޫ ބައި އަދި ހުދުބައި ވަކިކޮށްލާފަ)

450 މިލިލީޓަރ ޗޮކުލެޓް ސިރަޕް

1 ޖޯޑު ފުށް

ހައްދަވާނެ ގޮތް

ބިހުގެ ހުދުބައި ފިޔަވާ ދެން ބާކީ ހުރި ދިޔާ އިންގްރިޑިއެންޓްސް އެއްކޮށްލައްވާ. މަދު މަދުން އަޅުއްވައިގެން ފުށް އެއްކޮށްލައްވާ. ވަކި މިކްސިން ބޮވްލް އެއްގައި ބިހުގެ ހުދުބައި ފޯމް ގޮތަށް ފުފެންދެން ވިސްކް ބޭނުން ކޮށްގެން ތައްޔާރުކުރެއް ވުމަށްފަހު ކުރިން އެއްކޮށްލެއްވި މިކްސްޗާ އަށް އަޅުއްވާ ފޯލްޑް ކުރައްވާ.

375 ޑިގްރީސްގައި 20 މިނެޓް ވަންދެން ފިހެލައްވާ.