ނެސްކެފޭ ކޭކްއަކީ އޭގެ ކޭކް ފޮއްޗެއްގައި ގާތްގަނޑަކަށް 88 ކެލޮރީޒް ހިމެނޭ ވަރަށް މީރު ކޭކެކެވެ. މި ކޭކް އެންމެ މީރުވާނީ އެއް ރޭ ވަންދެން ފްރިޖުގައި ބެހެއްޓުމުންނެވެ. ނެސްކެފޭ ކޭކަކީ މެދުއިރުމަތީގައި ގައުމުތަކުގައި ވެސް ވަރަށް މަޝްހޫރު ކޭކެކެވެ. ނެސްކެފޭ ކޭކް އެކި ގޮތްގޮތަށް ތައްޔާރުކުރެއެވެ. މިއީ އޭގެ ތެރެއިން ވެސް ފަސޭހަ ރެސިޕީއެެކެވެ.

ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާަ ނެސްކެފޭ އިންސްޓެންޓް ކޮފީ 1 ޖޯޑު ހޫނުފެނަށް ގިރާފައި
  • 240 މިލިލީޓަށް ހެވީ ވިޕިން ކްރީމް ވިޕްކޮށްފައި
  • 2 މޭޒުމަތީ ސަމުސާ ގެރިކިރު ނޫނީ ހަކުރު
  • 2 ޕެކެޓް ބިސްކޯދު
  • ކޮކޯ ޕައުޑަކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  • ބިސްކޯދު ކޮފީ ތެރެއަށްލާ ފޯކޮށްލުމަށް ފަހު ޓްރޭއެއްގެ ތެރޭގައި އަތުރާލާށެވެ. މިހެން ބިސްކޯދުތައް އަތުރާ އިރު ބިސްކޯދު މާބޮޑަށް ފޯކޮށްނުލަން ވިސްނަން ވާނެއެވެ.
  • ހެވީ ކްރީމް އާއި ގެރި ކިރާއި ނުވަތަ ހަކުރާއި ރަނގަޅަށް އެއްކޮށްލާށެވެ.
  • ބިސްކޯދުތައް އަތުރާލުމަށް ފަހު އޭގެ މައްޗަށް ފަށަލައަކަށް ވާގޮތަށް ތައްޔާރު ކުރި ވިޕްކްރީމްގަނޑު އަޅާލާށެވެ.
  • އަނެއްކާވެސް އޭގެ މަތީގައި ލޭޔަތަކެއް އަތުރާލާށެވެ.
  • އެއަށް ފަހު ޕާޚީ ހުރި ކްރީމްގަނޑު އޭގެ މައްޗަށް އަޅާލާށެވެ.
  • ކޭކްގެ މަތި ރީތިކޮށް ބަހައްޓަން ޕިސްޓާޗިއޯ، ބަދަލް ކަހަލަ އެއްޗެއް ބެނުން ކުރެވިދާނެއެވެ.
  • އެއަށް ފަހު މަދުވެގެން ތިން ގަޑި އިރު ވަންދެން ފްރިޖުގައި ފިނިކުރަން ބަހައްޓާށެވެ.
  • ފްރިޖުން ނެގުމަށް ފަހު އޭގެ މައްޗަށް ކޮކޯ ޕައުޑަރކޮޅެއް ބުރުވާލާށެވެ. އެހިސާބުން ކޮފީ ކޭކް ތައްޔާރުކޮށް ނިމުނީއެވެ.