ކޮންމެ އަހަރަކު ވެސް އެ މަހަކަށް މުސްލިމުން އެންމެ ބޮޑަށް ތައްޔާރުވާ އެއް މަހަކީ މާތްވެގެންވާ ރަމަޟާން މަހެވެ. އެ މަހުގެ މަތިވެރިކަންް ލިބިގަނެ ވީހާވެސް ބޮޑަށް އަޅުކަމާ މަސްއޫލުވެ އުޅުމަކީ ކޮންމެ މުސްލިމަކު ވެސް ބޭނުންވާނެ ކަމެކެވެ. ކޮންމެ މުސްލިމަކު ވެސް ބޭނުންވާނީ މި މަހުގެ މަތިވެރި ސަވާބާއި ދަރުމަވީ އެންމެ ފުރިހަމަ އަށް ލިބިގަންނާށެވެ.

ކަންމިހެން އޮތް އިރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރެވޭ ދުވަހެވެ. ގިނަ މީހުން އެއްބަސް ވާނެ ކަމަކީ ރޯދަ މަހު އެންމެ ބޮޑަށް ވަރުބަލި ވަނީީ ފުރަތަމަ ރޯދަ އަށް ވީމަ ކަމެވެ. ނަމަވެސް ބައެއް މީހުންނަށް މި ހާލަތު ތަފާތެވެ. ބައެއް މީހުން ބޮޑަށް ވަރުބަލި ވަނީ ރޯދަ މަހުގެ ފަހުކޮޅަށް ދިއުމުންނެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު އެހާ ވަރުބަލިވާ އެއް ސަބަބަކީ ކެއުމުގެ ވައްޓަފާޅި އަށް ކުއްލިއަކަށް އަންނަ ބަދަލެވެ. ރޯދަ އަށް ހުންނަ ފުރަތަމަ ދުވަހު ވެސް ހަށިގަނޑުގެ ހަޖަމް ވުން ދަށްކޮށްލައެވެ. އަދި ރޯދަ އަށް ހުރުމުން ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ލޮޑުކަން އިހުސާސްވެ ސްޓްރެސް ނުވަތަ ކަންބޮޑުވުމުގެ ޖަޒުބާތުތައް އިތުރުވެއެވެ.

ރޯދަ މަސް މަހުގައި އާންމުކޮށް ފެން ބޯ މިންވަރަށް ފެން ނުބޮވެއެވެ. އާއްމުކޮށް ފެން ބޯ ތާވަލާ އެއްގޮތަށް ފެން ނުބޮވުމުން ހަށިގަނޑަށް ލިބޭ ލޮޑުކަން އިތުރުވެއެވެ. ރޯދަ މަހުގެ ފުރަތަމަ ރޯދަ އެހާ ވަރުބަލިވާ އަނެއް ސަބަބަކީ ނިދުމުގެ ތާވަލަށް އަންނަ ބަދަލެވެ. އެހެންް މަސްމަހާ ޚިލާފަށް ރޯދަ މަހު ރޭގަނޑު ނިދި މަދުވުމާއި، ދަންވަރު ކެއުމަށް އާދަވެއެވެ.

ކެއުމާއި ނިދުމަށް އައި ކުއްލި ބަދަލަށް ހޭނެން ހަފްތާއެއް ވަރުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު