ލޯ ސްކޭންކޮށްލައިގެން ތިން މިނެޓު ތެރޭގައި ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ ބެލޭނެ ގޮތެއް ހޯދައިފިއެވެ.

ސެމިކް އާރުއެފް ނަމަކަށް ކިޔާ އިލެކްޓްރޯނިކް ކުންފުންޏަކުން ވަނީ ސްކޭން ކުރެވޭ އެޕްލިކޭޝަނެއް އުފައްދައިފައެވެ. މި އެޕްލިކޭޝަން ބޭނުން ކުރުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. ކުންފުނިން އުންމީދު ކުރާ ގޮތުގައި އަންނަ މަހު މި އެޕްލިކޭޝަން ބޭނުން ކުރުމުގެ ހުއްދަ ލިބޭނެއެވެ.

ސެމިކް އާރްއެފް އިން އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮވިޑް ޓެސްޓު ކުރަނީ ފޯނުން ލޮލުގެ ފޮޓޯއެއް ނެގުމަށް ފަހު، ވައިރަސް ހުރި ނަމަ އެ ސްކޭން އިން ޑިޓެކްޓް ކުރުމުންނެެވެ. ކޮވިޑްގެ އަސަރު ކުރިނަމަ އެއީ 'ޕިންކް އައި' އެވެ. ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ ބުނެފައިވަނީ މި 'ޕިންކް އައި' ވިއްޔާ އެމީހަކު އައިސޮލޭޓް ކުރާ ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނިން ބުނެފައިވަނީ އެޕްލިކޭޝަން ބޭނުން ކޮށްގެން 70،000 މީހުން ޓެސްޓު ކުރެވިފައިވާ ކަމަށެވެ. ކުރިޔަތް އޮތް ތާންގަ އެޕްލިކޭޝަން މެދުވެރިކޮށް ޓެސްޓު ކުރާ މީހުން އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ލޯ ސްކޭން ކޮށްލައިގެން ކޮވިޑް ޓެސްޓު ކުރެވޭ އެޕްލިކޭޝަން ޓާގެޓް ކޮށްފައިވަނީ ކުންފުނި ތަކަށާއި ރެސްޓޯރެންޓްތައް ފަދަ ތަންތަނަށެވެ. މި އެޕްލިކޭޝން ބޭނުން ކުރެވޭނީ މަހަކު 570 ޑޮލަރު ދީގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯ ބަލައިގެން އެތައް ބައްޔެއް ޑޮކްޓަރުންނަށް ދެނެގަނެވެއެވެ. އެގޮތުން އަލްޒެއިމާއާއި ލޭގެ ކެންސަރާއި, ސިކުނޑީގައި ޓިއުމަރެއް އުފެދިފަފައިވުން އަދި ހަކުރު ބައްޔާއި, ކޮލެސްޓްރޯލް މަތި ވުމަކީ ލޯ ބަލައިގެން ޑޮކްޓަރުން ދެނެގަންަ ބަލިތަކެވެ.

ކިޔުންތެރިންގެ ހިޔާލު