އިންޑިޔާގެ ބިހާރް ބޯޑް އޮފް އެގްޒާމިނޭޝަންސްއިން ކުރިޔަށް ގެންދިޔަ ބޯޑް އިމްތިޙާނުގައި ދަރިވަރުންނަށް ޕޭޕަރަށް ކަނޑައެޅިފައިވާ ވަރަށް ވުރެ ގިނަ މާކްސް ދީފައިވާ ކަމުގެ ޝަކުވާތައް ފެންމަތިވާން ފަށަފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ " އިންޑިޔާ ޓައިމްސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި  ފުލްމާކުކްސްއަށްވުރެ އިތުރަށް މާކްސް ދިނުމުގެ އިތުރުން ބައެއް ދަރިވަރުން ނުހަދާ އިމްތިޙާނުތަކަށްވެސް މާކްސް ދީފައިވާ ކަމަށެވެ.

ފުލް މާކުހަށްވުރެ އިތުރަށް މާކްސް ލިބުނު ދަރިވަރަކު އިންޑިޔާ ޓައިމްސްއަށް ދިން ބަސްދީޤަތުމެއްގައި ބުނެފައިވަނީ އޭނާއަށް ހިސާބު ތިއަރީ އިން 35 މާކްސްއިން 38 މާކްސް ލިބިފައިވާ ކަމަށާއި މީގެ އިތުރުން އިތުރު ބައެއް އެހެން މާއްދާތަކުގެ ޕޭޕަރުތަކުންވެސް މިފަދަ ގޮތަށް ޖުމްލަ ޕޭޕަރަށް ކަނޑައެޅިފައިވާ ވަރަށް ވުރެ ގިނަ މާކްސް ލިބިފައިވާ ކަމާށެވެ.

ބިހާރް ބޯޑް އޮފް އެގްޒާމިނޭޝަންސްއިން 2016 ވަނަ އަހަރު ބޭއްވި އިމްތިޙާނުގައިވެސް މާކްސް އޮޅުވާލި ކަމުގެ ގިނަ ޝަކުވާތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޯންސްޓަރ

    ތީ މުދައްރިސުން ހެޔޮހިތުން ދެތިންމާސް އިތުރުކޮއްދިނީމަވެސް ރަގަޅުގޮތެއް ނެތެއްނު.

  2. ނުހަދާ ޓެސްޓުތަކުގެ ޕޭޕަރަށް މާކްސް ލިބެންވެއްޖެ ކަމަށް ވާނަމަ ދެން ނެތް ބުނާނެ އެއްޗެއް. ތިޔަކަހަލަ އިމްތިހާން ހަދައިގެން ތިބި މީހުން އިންޑިއާއިން ޑޮކްޓަރުންގެ ނަމުގައި ރާއްޖެ ގެނެސްގެން މިއުޅެނީ. އާހިރުގައި ސަރުކާރަށް މިޖެހެނީ ނުލައްވާ ދަރިޔަކާއި ހަވާލުވެ އެތަކްލީފް ބޮލުގައެޅި ބަދުނާމު ލިބިގަންނަން. ސަޅި ދެން.