ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އާއި އެ އަޑެއްގެ ޖާދޫގައި އެތައް ބަޔަކު ޖައްސަމުން އަންނަ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަރިޖިތް ސިންގ އާ ދެމެދުގައި މައްސަލަ ޖެހުނުތާ ވަަރަށް ދުވަސްވެއްޖެއެވެ. ސަލްމާން އަދިވެސް އަރިޖިތްއަށް މައާފް ނުކުރެއެވެ، '

އެކަން އެނގިފައި މި ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ނެރެން ހަމަޖެހިފައިވާ ވެލްކަމް ޓު ނިއުޔޯކް ފިލްމްގައި ހިމެނޭ އަރިޖިތްގެ ލަަވަ ނަގާ އަނެއްކާވެސް އެެ ލަވަ ކިޔުމަށް ރާހަތް ފެތެހް އަލީ ޙާން އާއި ހަވާލުކޮށްފައެވެ. މީއީ މީގެ ކުރިންވެސް ސަލްމާން ކަންތައް ކުރިގޮތެވެ، ކުރީ ފަހަރެއްގައި ސަލްމާން ވަނީ އޭނާ ފެނިގެންދިޔަ ސުލްތާންގައި ހިމެނޭ އަރިޖިތްގެ ލަވަ އަލުން ރާހަތް ފެތެހް އަލީ ޙާން ލައްވާ ކިޔުއްވާފައެވެ.

ވެލްކަމް ޓު ނިއުޔޯކް ފިލްމްގެ ބޮޑު ރޯލަކުން ސަލްމާން ނުފެނުނު ކަމުގައިވިޔަސް، ސަލްމާން ފެނިގެން ދާނީ ހާއްސަ ފެނިލުމަކުން ކަމަށް ވެއެވެ.

ސަލްމާން ބޭނުން ގޮތެއް އެ ފިލްމަށްވެސް ހެދޭ ކަހަލައެވެ. ބާރުގަދަ މީހާ އަބަދުވެސް ބާރުގަދަވާނެޔޭ ބުނެއެވެ. ކަންވެގެން ގޮސްފައި ވަނީވެސް އެހެންނެވެ.

މީގެ ދެ އަހަރު ކުރިންވެސް އަރުޖިތް މީސް މީޑިޔާ މެދުވެރިކޮށް ސަލްމާން ކައިރީ މައާފަށް އެދުނެވެ. އަދި އޭނާގެ ލަވަ ސުލްތާންގައި ހިމެނުމަށްވެސް އެދިފައިވެއެެވެ. ނަމަވެސް ސަލްމާން އޭގެ ޖަވާބުގައި ކުރީ ސުވާލެކެވެ. ސަލްމާން ވަނީ އަރިޖިތްއަކީ ކާކުތޯ ސުވާލުކޮށްފައެވެ.