ކައިވެންޏަކީ ހަޔާތުގައި ކުރެވޭނޭ އެންމެ މުހިންމު އެއް ކަމެވެ. ވުމާއިއެކު ކައިވެނި ކުރާއިރު މި ކުރެވެނީ ކޮން ކަހަލަ މިޒާޖެއްގެ އަދި ކޮން ސިފަ ތަކެއް ހުރި މީހަކާއިތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ކަންކަމަށް ނުބަލައި ކައިވެނި ކޮށްފި ނަމަ މުޅި އުމުރުދުވަހުވެސް އެކަމާއި ހިތާމަކުރާނޭ ފަދަ ބޮޑު ލަނޑެއް ލިބުމަކީ ހަމަ ވެދާނޭ ކަމެކެވެ.

ކައިވެނި ކުރާއިރު އެމީހަކަށް އެ ކައިވެނި ކުރަން އުޅޭ މީހެއްގެ ހުރި ސިފަތަކާއި މެދު ރަނގަޅަށް ވިސްނާލާށެވެ. އެ ސިފަތަކާއިއެކު މުޅި އުމުރު ދުވަހު ދިރިއުޅެވިދާނެބާ؟ ކެތްކުރެވޭނެބާ؟

ކައިވެނި ކުރަން ވިސްނާއިރު ނަމަ ނަމަ އަމިއްލަ މީހާއާއި ދޭތެރޭ އެކަނި ވިސްނާ މީހަކާއި ކައިވެނި ނުކުރާށެވެ. މިގޮތުން އެ މީހެއްގެ ސިކުނޑީގައި އަބަދުވެސް އޭނާގެ އަމިއްލަ ކަންކަމުގެ ވިސްނުން ހުންނަ މީހުންނަކީ އެމީހުންގެ ފަރާތުން އެއްވެސް ކަހަލަ އަޅާލުމެއް އަދި ލޯތްބެއް ނުލިބޭނޭ މީހުންނެވެ.

ކަންކަމާއި މެދު މާ ގަދަޔަށް ވިސްނާ ފިކުރު ކުރާ މީހުންނާއިވެސް އަވަހަށް ދުރުވާށެވެ. ސަބަބަކީ އެފަދަ މީހުންގެ ހާސްވުންތަކާއި ބޭކާރު ވިސްނުންތަކުގެ ސަބަބުން ކައިވެނީގެ އުފާވެރިކަން ގެއްލި އަބަދު ހިތާމަވެރި ވިސްނުމެއްގައި ތިބާވެސް އިންނަން ޖެހިދާނެއެވެ. ޑިޕްރެޝަން އަދި އެންޒައިޓީ ޑިސްއޯޑާރ އަކީ މިފަދަ ކައިވެނި ތަކުގައި ވަރަށް އާންމު މައްސަލަތަކެވެ.

އަމިއްލަ މީހާއަށް މިނިވަންކަން ދޭން ދެކޮޅުހަދާ އަދި ކުދި ކުދި ކަންކަމުގައި ހިފައި އަރާރުންވާން އުޅޭ މީހުންނަކީވެސް އެމީހުންނާއި ދުރުވާންޖެހޭ މީހުންނެވެ. މާ ގަދަޔަށް އެއްވެސް ސަބަބަކާއި ނުލައި ޝައްކުކުރާ މީހުންނަކީވެސް އެބަޔަކާއިއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަން ދަތިވާނޭ މީހުންނެވެ.

ދެން ވެސް ރަނގަޅަށް ވިސްނާލާށެވެ. ކައިވެނި ކުރަން ތިއުޅެވެނީ ރަނގަޅު އަދި ކަމުދާ މީހަކާއި ތޯއެވެ؟ މިފަދަ ސިފަ ސިފަ ހުންނަ ނަމަ ވީހާވެސް އަވަހަށް ދުރުވާށެވެ. މި ސިފަތަކަކީ އެމީހެއްގެ ކިބައިން ކަނޑުވަން ވަރަށް އުނދަގޫ ސިފަތަކަކަށްވާއިރު އުފާވެރި ހަޔާތެއް ބޭނުންވާނަމަ މިފަދަ މީހުންނާއި ދުރުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮން ކަލޯގެ ގޯވިން

    ހަމަ ހުސް މަގޭ ވާހަކަ

    6
    1
  2. ދޫނި

    އަޅޭ ޝާނީގެ ހިތްހަލާކު ކޮއްލީ ކާކުހޭ؟؟؟

  3. ކެނެޑީ

    ރަނގަޅަށްވިއްޔާ ލިޔުންތެރިޔާ ތިހުރީ ރޭގަ ރަނގަޅަށް ޒުވާބުކޮށްފަ. އެހެންޏާ މިލިޔުމަކު އެއްވެސް ރިސާޗަކަށް އެއްވެސް އެކްސްޕާޓަކަށް ހަވާލާދީފައެއްނުވޭ އޭރުން މިއީ ހިޔާލީ ލިޔުމެއް، ލިޔުންތެރިޔާގެ އަމިއްލަ ތަޖުރީބަގެ އަލީގަ ލިޔެފަ އޮތް ރޯދަމަހުގެ ކުރުވާހަކައެއް.