ކ. މާލެއަށް އުފަން މުހައްމަދު ހަސަން (ޔެލޯ) އަކީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. ފެންނަ ފެނުމަށްވެސް ހުންނަނީ ހަމަ އެހާ ޒުވާންކޮށެވެ. ކޮފީތަށީ ރެސްޓޯރެންޓްގައި ބަރިސްޓާއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މި ޒުވާނާގެ ހަޔާތުގެ ސަފްހާތައް "ވަގުތު" އާއި ހިއްސާކުރިއެވެ.
ފުރަތަމަ ކައިވެނި
އޭރު އޭނާގެ އުމުރުން އެންމެ 19 އަހަރުއެވެ. މީސްމީޑިއާގައި އޭރު ޔެލޯ މަސްއޫލުވެ އުޅެނީ ވަކިވަގުތެއް ނެތި އަބަދުހެންނެވެ. މިގޮތުން މީސްމީޑިއާގައި އުޅެމުން އަންނަނިކޮށް، ހަޔާތުގެ ފުރަތަމަ ގުމްރީ އައިސް އަތުގައި ހިފީ، އޭރުގެ "މިއުޒިކަލީ" ނުވަތަ މިހާރުގެ "ޓިކްޓޮކް" އިންނެވެ. އެއީ ގއ. ވިލިގިލީ ކުއްޖެކެވެ. އޭނާ ކިޔައިދިން ގޮތުގައި އެކުއްޖާއާ ގަޔާވެވުނީ ސަކަ މިޖާޒެއް ހުރެފައި، އޭނާއަށް "ކެއާ" ކުރާތީއެވެ. އެހެން އުޅެނިކޮށް އެންމެ ފުރަތަމަ ލޯބި ހުށަހެޅީވެސް އެކުއްޖާ ކަމަށް ޔެލޯ ބުންޏެވެ.
"ފުރަތަމަ ބައިވެރިއާ ދިމާވީ ޓިކްޓޮކުން. ދެން އޭރު ވަރަށް ޓިކްޓޮކް ކުޅޭނެ. ޓިކްޓޮކުން ދިމާވެގެން ވަރަށް ލައިކްވާނެ. ވަރަށް މަޖާކޮށް ވަރަށް ކެއާ ކުރި އެ ދުވަަސްކޮޅު. އެތަނުން ދިމާކޮށްފަ އެރަށަށް ދިއައީ،" ޔެލޯ ބުންޏެވެ.
އެ ދެމީހުން ދިމާވުމަށްފަހު ކާވެންޏަކާއި ހަމައަށް އައީ އަންހެން ކުއްޖާގެ މަންމަގެ ވަސިއްޔަތެއް ފުރިހަމަކުރުމަށްޓަކައި ކަމަށް ޔެލޯ ބުނިއެވެ. ދެމީހުން އެކުގައި އުޅޭ މަންޒަރު ދުނިޔޭގައި ހުއްޓާ ފެންނަން ބޭނުުންވާ ކަމަށް މަންމަ އެދުމުން، ކައިވެނީ ކުރީވެސް މަންމަގެ އެ ހުވަފެނުގައި ކުލަޖެއްސުމަށް ކަމަށް ޔެލޯ ބުންޏެވެ. އަދި ކައިވެނި އަވަސްކުރީ މަންމަ މާބޮޑަށް ބަލިވާން ފެށުމުން އާއިލާއަށް އުފާވެރިކަން ގެނައުމަށް ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެއީ އޭނާ "އެހާ ބޭނުންވެގެން" ކުރި ކަމެއް ނޫނެވެ.
އޭގެ ނަތީޖާއަކަށްވީ ކައިވެންޏަށް އަހަރެއްވެސް ނުވަނީސް ދެމީހުން ވަކިވާން ޖެހުމެވެ. ނަމަވެސް އެ ހަމަސްދުވަހަކީ ދެމީހުން އެކުގައި، ވަރަށް ލޯބިިން އުޅުނު އަހަރެއް ކަމަށް އޭނާ ސިފަކުރިއެވެ. އަދި ސަކަރާތާއި މަޖަލުގައި ދުވަސްތައް ގުނަމުން ގޮސް ވަކިވާން ޖެހުނީ ޖެހުނު ކުޑަ މައްސަލައަކާއި ގުޅިގެންކަމަށް ޔެލޯ ބުންޏެވެ.
ޔެލޯ ކިޔައިދިން ގޮތުގައި އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ކޫއްޑޫ ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގައެވެ. ކަނޑުމަތީ ދުވަސްތައް ހޭދަކުރާއިރުވެސް އަންހެނުން އޭނާއަށް ޝައްކުކުރާ ކަމަށް ބުންޏެވެ. އަދި އެއީ ވަކިވާން ދިމާވި މައިގަނޑު ސަބަބު ކަމުގައިވެސް ފާހަގަކުރިއެވެ.
"މާބޮޑަށް ޝައްކުކުރާތީ ވަކިވާން ޖެހުނީ. ދެން ކަނޑުމަތީ ނޫޅޭނެއެއްނު އަންހެނުންނެއް، ކަނޑޫމަތީ އުޅޭނީ މަސް ދޯ!" ސަމާސާ ގޮތަކަށް ޔެލޯ ބުންޏެވެ.
ޔެލޯ ބުނީ ވަކިވާން ޖެހުނަސް ފުރަތަމަ އަނބިމީހާ އެއީ އަހްލާގީ ގޮތުން ވަރަށް ރަނގަޅު ކުއްޖެއް ކަމަށެވެ. އެހެންނަމަވެސް އަތްބެއްގެ ގޮތުގައި ހުރިއިރު އޭނާގެ ފުށުން މާ ހަރުދަނާ ކަމެއް ނުފެނުނު ކަމުގައި ބުންޏެވެ.
ދެވަނަ ކައިވެނި
ދެވަނަ ކައިވެންޏަކާ މެދު ޔެލޯ ވިސްނަން ފެށީ، ފުރަތަމަ ކައިވެނި ނިމުމަކަށް އައިތާ ހަތަރު އަހަރު ފަހުންނެވެ. މިފަހަރުގެ ކައިވެނި ކުރީ ލ. ފޮނަދޫ ކުއްޖަކާއެވެ. ކުރީ އަތްބާއި ޓިކްޓޮކުން ދިމާވިއިރު މި އަންބާއި ދިމާވީ ޕަބްޖީ ގޭމުން ކަމަށް އޭނާ ބުނިއެވެ. އޭރު އޭނާގެ އުމުރުން 25 އަހަރެވެ.
"ފުރަތަމަ މީނަ އަރަނީ ޕަބްޖީ އެރީނާއަށް. މީނަ އަރަނީ އެކަނި. އެތަނުން ދިމާވަނީ. ދެން މީނަ އިންނަނީ އަނެއް ގްރޫޕްގައި، ދިވެހި ދިދަ ޖަހައިގެން އިންނާތީ މީނައަށް ގޮވިން. ތި ކާކުހޭ؟ ދެން މީނަ ބުނެފި މަރީއޯ ކިޔަނީ. ދެން އަހަރެން ބުނެފިން ތީ ބޮޓެކޭ. ދެން މީނަ ފްރެޑް ރިކުއެސްޓް ފޭސްބުކްއިން ފޮނުވާފަ ބުނެފި އުޅޭށޭ މެޗަކަށް އަރަން. އެހެން ކުޅެމުން ކުޅެމުން ގޮސް މި ގުޅުން އުފެދުނީ،" ޔެލޯ ކިޔައިދިނެވެ.
ޔެލޯ ކިޔައިދިން ގޮތުގައި ދެވަނަ އަށް ދިމާވި އޭނާގެ ހަޔާތުގެ ބައިވެރިޔާވެސް ވީ ސަކަ މިޖާޒެއްގެ ކުއްޖަކަށް ކަމަށެވެ. އެގޮތުން ޕަބްޖީއިން ދިމާވި މި ކުއްޖާއާ ދެމެދު އެކުވެރިކަން އާލާވެ، އެ ގުޅުން އިތުރު ހަރުފަތަކަށް ދިޔައީއެވެ. މިފަހަރުވެސް ލޯބި ހުށަހެޅީ އެކުއްޖާ ކަމަށް ޔެލޯ ބުނިއެވެ. ޔެލޯ ބުނާ ގޮތުން އޭނާ އެއްވެސް އަންހެން ކުއްޖަކަސް މިހާތަނަށް އައިރު އިސްވެ ލޯބި ހުށަހަޅާފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ދެކެ ލޯބި ވާނަމަ "އެކަން އަންގައިލާގެން" އުޅުމަށް ޔެލޯ އެދެއެވެ.
މިފަހަރު ކައިވެންޏަކަށް ދިއުމުގެ ކުރިން ދެމީހުން ފުދޭވަރަކަށް ގިނަ ދުވަހު އެކުގައި އުޅުނު ކަމަށްވެއެވެ. ރައްޓިހިވާން އެކުއްޖާ އެހީ އާ އަހަރެއް ފެށުނު ދުވަހު ކަމަށް ޔެލޯ ބުންޏެވެ. އަދި ވަގުތުން "އާނ"އެކޭ ބުނެ ދެމީހުން "ޑޭޓް ކުރަން" ފެށީކަމަށް ބުންޏެވެ.
"ނިއުއިޔާ ވީމަ ދެން އާއެކޭ ބުނީ. ޑޭޓްއެއް ވީމަ. ދިމާނުވެ ދުރުގަތިބެގެން 6-7 މަަސްވަންދެން ފޯނުން ވާހަކަދެއްކިން" ޔެލޯ ބުނިއެވެ.
7 މަހަށް ފަހު އެކުއްޖާއާ ދިމާވީ އީދަކާއި ދިމާވެ މާލެ އައުމުން ކަމަށް ޔެލޯ ބުންޏެވެ. އެއީ ހަނދާނުން ފިލައިގެން ނުދާނެ މަޖާ ދުވަހެއް ކަމަށް ބުނެ އެ ދުވަހުގެ ބައެއް ހަނދާންތައް އޭނާ ކިޔައިދިނެވެ.
"އީދަކާއި ދިމާކޮށް އެއް ދުވަހަށް އޭނާ އައީ މިކޮޅަށް. އައިސްފައި ހަމަ ސަކަރާތްޖަހާލާފައި އޭނާ ދިޔައީ،"
އޭގެ ފަހުން އެއްފަހަރެއްގައި މަހަށް ދިޔަ ދޯންޏަށް މައްސަލައެއް ޖެހިގެން ލ. އަތޮޅުގައި މަޑުކުރަން ޖެހުނު ފަހަރެއްގައި މި ކުއްޖާގެ ގޭގައި މަޑުކުރުމުގެ ފުރުސަތު ޔެލޯއަށް ލިބުނެވެ. މި ހުރި ހުރުމުގެ ތެރޭގައި ދެމީހުން ކައިވެންޏަކާއި ހަމައަށް ދިޔައީ ކަމަށް އޭނާ ބުނިއެވެ.
ކައިވެނިކޮށްގެން ދެމީހުން އެޅެމުން ދިޔައީ ފޮނަދޫގައެވެ. ދުވަސްކޮޅު ފޮނަދޫގައި ހުރުމަށްފަހު ޔެލޯ ނިންމީ މާލެ ދާށެވެ. އެއީ އޭނާ އުފަންވި ފަސްގަނޑު ކަމަށް ވާތީއެވެ. އަދި އޭނާގެ އާއިލާވެސް މާލޭގައި ދިރިއުޅެމުން ދާތީވެސް މެއެވެ. ކައިވެނި ރޫޅުނީ އެ ހިސާބުން ކަމަށް ޔެލޯ ކިޔައިދިނެވެ. އަދި އެއީ އޭނާގެ އާއިލާ ކައިރިއަށް އަނބިމީހާ އަންނަން ބޭނުން ނުވާތީ ކަމަށް ބުންޏެވެ.
"އަސްލު އަހަރެންގެ ފެމިލީއަކަށް އޭނަ އެހާ ނުގުޅޭ. ބޭނުމެއް ނުވޭ އަހަރެންގެ މަންމަ ނޫނީ އާއިިލާ މީހުން ކައިރިއަށް އަންނަން. އަހަރެންގެ ފެމެލީއާއި ނުގުޅޭތީ ކައިވެނި ރޫޅާލީ. ހަމައެކަނި އެންމެ ފެމިލީއެއް ނުބެލޭނެތީ،" ޔެލޯ ބުނިއެވެ.
މި ކައިވެނި ދެމިގެން ދިޔައީވެސް އެއް އަަހަރަށް ކަމަށް ޔެލޯ ބުނެއެވެ. ކައިވެނި ރޫޅުނީ މިދިޔަ އަހަރު ޔެލޯ މާލެ އައުމުންވެސް އަންހެނުން މާލެ އަންނަން ދެކޮޅު ހެދުމުން ކަމަށް އޭނާ ބުންޏެވެ.
މަސްވެރިއަކުން ބަރިސްޓާއަކަށް
މާލެ އައުމަށްފަހު އެންމެ ފުރަތަމަ ޔެލޯ އުޅުނީ ރައްޓެއްސަކާއެކު އެކު ވެލްޑިން މަސައްކަތްކުރަ ތަނެއްގައެވެ. އެހެންނަމަވެސް ލޮލުގެ ބާރު ދަށްވާކަމަށް ޑޮކްޓަރު ބުނުމުން އޭނާ ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ.
މިހާރު ވަޒީފާއަދާކުރާ "ކޮފީތަށި" އިންވެސް އޭނާއަަށް ވަޒީފާ ލިބުނީ ކުރީ ދެ އަނބިން އިސްވެ، އޭނާއަށް ލޯބި ހުށަހެޅި ބީދައިންނެވެ. އެ ވާހަކަ ކިޔައިދެމުން ޔެލޯ ބުނީ އެއީ ރައްޓެއްސަކު ދިން "ޑެއާ" އެއް ކަމަށެވެ. ފޭސްބުކުން ދިމާވި އަންހެން ރައްޓެރސަކާއެކު "ޓުރުތު އޯ ޑެއާ" ކުޅެމުން ދަނިކޮށް އޭނާއަށް ޖެއްސި ޑެއާއަކީ އެ ތަނަށް އިންޓަވިއުއަށް ދިއުން ކަމަށް ޔެލޯ ބުންޏެވެ.
ޔެލޯ ބުނި ގޮތުގައި ކޮފީތަށްޓަށް އިންޓައިވިއުއަށް ގޮސްވެސް އެތަނާއި މެދު ވަރަށް ބޮޑަށް ހިތްޖެހުނެވެ. މިދިޔަ އަހަރު ފަހުކޮޅު ކޮފީތަށި ރެސްޓޯރެންޓް ހުޅުވީއްސުރެ އޭނާ ދަނީ އެތަނުގައި މަސައްކަތް ކުރަމުންނެވެ. އެ ރެސްޓޯރެންޓްގެ ބާގައި މަސައްކަތް ކުރަމުން ދާ ޔެލޯއަކީ ބަރިސްޓާއެކެވެ. އެހެންނަމަވެސް އެ ތަނަނަށް ދާ މީހުންނަށް ކާއެއްޗެހި ގެންދިއުމާއި، އޯޑަރު ނެނގުމުގެ މަސައްކަތްވެސް އޭނާ ކުރެއެވެ.
ތައުލީމީ ހަޔާތް
މާލެއަށް އުފަންވި ނަމަވެސް ޔެލޯ ކިޔެވީ މާފުށީ ސްކޫލުންނެވެ. މާފުށީގައި ހުރި ހުރުމުގެ ތެރޭގައި އޭނާ ވަނީ ވެއިޓަރު ކޯސް ހަދާފައެވެ. އެ ކޯހުން، ކަސްޓަމަރުންނަށް ޚިދުމަތްކުރާ ގޮތް އޭނާ ދަސްކުރިއެވެ. ކޯސް ނިމުމާއި އެކު އޭނާއަށް ރިސޯޓަކުން ވަޒީފާވެސް ހަމަޖެހުނެވެ. ނަމަވެސް ކިޔަވައި ނިމި، އުމުރުން 18 އަހަރު ފުރުމާއި އެކު އޭނާ އެނބުރި މާލެ އައީއެވެ. ގާތްގަނޑަކަށް ދިހަ އަހަރަށް ފަހު މިހާރު ޔެލޯ މަސައްކަތް ކުރަމުން ދަނީ އޭނާ ކިޔެވި ދާއިރާގައެވެ. ކުރިއަށް ދާން ބޭނުންވި ރޮނގުންނެވެ.
ޔެލޯ ބުނީ އެ ދާއިރާއިން ދެވެން އޮތް އެންމެ އުހަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް ކުރީގެ ތަޖުރިބާއަށް ބަލައި ދެނެއް ކައިވެންޏަކަށް ދާން އަވަސް މުސްތަގުބަލެއްގައި ނުވިސްނާ ކަމަށް ބުންޏެވެ. ހުސްކޮށް ހުރި ޔެލޯ މިހާރު ބޭނުންވަނީ ހަރުދަނާ ރަނގަޅު ވަޒީފާއެއްގައި ހުރެގެން ރަނގަޅު އާންމުދަނީއެއް ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. އަދި އެ ހިސާބަށް ދެވުމުން ޒަވާޖީ ޙަޔާތެއް އަލުން ފަށައި، ދަރިން ހޯދުމަށް ވިސްނާނެ ކަމަށް އޭނާ ބުންޏެވެ.
ނޯޓް: މި ލިޔުމުގައި "ޓިކްޓޮކް" ބޭނުންކުރެވިފައި ވަނީ އެޕްލިކޭޝަންގެ "މިއުޒިލަކީ" ގެ ދައުރަށް ނިސްބަތްކޮށެވެ. ޓިކްޓޮކް އަކީ ކުރީގައި މިއުޒިކަލީން ހިންގި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ކުރިއަރާފައި ވަނިކޮށް ޓިކްޓޮކް ކުންފުނިން މި އެޕްލިކޭޝަން ގަނެ އޭގެ ނަން ބަދަލުކޮށް، އެޕް އިތުރަށް ތަރައްޤީ ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.
ޓިކް ޓޮކް ކުލޭތަ މީގެ 7 އަހަރު ކުރިން ވެސް
@އިއްބެ އަށް.އާޓިކަލް ނިންމާފަ ތިރީގަ ބޯލްޑްކޮށް ލިޔެފައިން ނޯޓް ކިޔާލިނަމަ ތި ސުވާލު އުފެއްދުމަށް އެއްވެސް ފުރުސަތެއް ނޯންނާނެ.
[ނޯޓް: މި ލިޔުމުގައި "ޓިކްޓޮކް" ބޭނުންކުރެވިފައި ވަނީ އެޕްލިކޭޝަންގެ "މިއުޒިލަކީ" ގެ ދައުރަށް ނިސްބަތްކޮށެވެ. ޓިކްޓޮކް އަކީ ކުރީގައި މިއުޒިކަލީން ހިންގި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ކުރިއަރާފައި ވަނިކޮށް ޓިކްޓޮކް ކުންފުނިން މި އެޕްލިކޭޝަން ގަނެ އޭގެ ނަން ބަދަލުކޮށް، އެޕް އިތުރަށް ތަރައްޤީ ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.]
ލިޔުމުގެ އެންމެ ތިރީގައި ލިޔެފަ އިން ނޯޓް ކިޔާލާ. "ނޯޓް: މި ލިޔުމުގައި "ޓިކްޓޮކް" ބޭނުންކުރެވިފައި ވަނީ އެޕްލިކޭޝަންގެ "މިއުޒިލަކީ" ގެ ދައުރަށް ނިސްބަތްކޮށެވެ. ޓިކްޓޮކް އަކީ ކުރީގައި މިއުޒިކަލީން ހިންގި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ކުރިއަރާފައި ވަނިކޮށް ޓިކްޓޮކް ކުންފުނިން މި އެޕްލިކޭޝަން ގަނެ އޭގެ ނަން ބަދަލުކޮށް، އެޕް އިތުރަށް ތަރައްޤީ ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ."
މީނަ އުމުރުން 19 އަހަރުގަ ޓިކްޓޮކް ދުނިޔޭގަ ނޫޅޭނެ. 2016 ގަ ރިލީޒް ކުރި އެޕެއް އެއީ
ކަރާ ފަޅާ ސޮރެއް
ޗެނަލް 13 ގެ ނޫސްވެރިޔާ ވަގުތު އަށް ޖޮއިންވީ؟ 😮
ބޮޑު ވަރު..
އައި ކާނޓް އީވެން....
ތިޔަ ވާނީ ހަމަ ތިޔައް ހތްހުތު ކައްކާ ރާހުތައް ލިއަސް..
ޔެލޯ، 100 ކައިވެނި ހަމަކުރަން ވާނެ. ޕުލެޓްފޯމުތައް ބައިވަރު.
ކޮފީ ތަށިން ސަރވިސްދޭ ވަރަށް އެކްޓިވް ސްޓާފްއެއް. ނައިސް އެންޑް ޑައުންޓު އާތު ގައި. ގުޑް ލަކް. ކޮމެންޓްކުރާ މީހުން ޕްލިސް ޑޮންޓް ބުލީ ހިމް އޯ އެނީވަން އެލްސް. އިފް ޔޫ ޑޯންޓް ހޭވް ނައިސް ތިންގް ޓު ސޭ ކީޕް ޔޯ މައުތު ޝަޓް.
ގޮތެއް ފޮތެއް ނެތް ހަރުދަނާކަމެއް ނެތް ފިރިހެނެކޭ ބުނަންވެސް ލަދު
ރޯދަމަހު މިއައްވުރެ ދީނާ ގުޅޭ ކޮންޓެންޓް ބޭނުން.
އަބަދުވުސް ކުއްވެރިވާނީ މަ ނޫން އެހެން މީހުން، މަށަކީ އަލިފެއް. މީހަކަށް ވާހަކަލަ މީހުން ފީޗަކުރުން މުހިންމު.
އަނބި ވަރި ކުރުމަށްފަހު އެމީހާގެ އުނިސިފަތަކުގެ ވާހަކަ ދެއްކުމެއް ނުވޭ.. މީނަ އާއި މެދު އަންހެން ކުދިން ވިސްނާތި.. މީހަމަ ދިވެހި ފިރިހެނުންގެ ވައްތަރު.. ގައިގަ ނެތް ފެންވަރުގަ ފޮނި ކަނޑަން އިނގޭނީ.. ކޮންރަށެއްގެ މީހެއްކަންވެސް ބުނެލިނަމަ.. މަގޭ ދަރިންވެސް ވިހެއީ މާލެއަށް. ޢެކަމް އަހަރުން މީ އެހެން ރަށެެއްގެ މީހުން... ލޮލޮލް
ޑޭޓްކުރުން (ޒިނޭކުރުން) އަދި ހިތުބާކުރުން (އެންގޭޖްމަންޓް) އަކީ ތަފާތު ދެކަމެއް! ވީމާ، ޑޭޓްކުރުން ޕްރޮމޯޓްނުވާ ގޮތަށް ލިޔުއްވުން ރަނގަޅު! ނޫނީ ދެ ދުނިޔެ ގެއްލި "ޔެލޯ" ވެދާނެ!
ޡި ވެސް ހަމަ ފައް ކާ ބޮޓެއް.
މީނާ އަށް ހެޔޮ ވިސްނުން ދެއްވާށި.. މީނަގެ ލައިފަށް އަންނަ އަންހެންކުދިން ބަދުނާާމު ވަނީ ދޯ..
ޠއީ ފިލްމެއް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަދަން ސަޅި ވާހަކައެއް
މާފުށިން ކިޔެވީދޯ އެގިއްޖެ " މާފުށި އިސްލާހިއްޔާ"
ތިޔަ ލޯބިލޯބި ކުއްޖާގެ ދިރިއުޅުމުގެ މައްޗަށް "ވަހުތާން" މި ނަމުގައި ފިލްމެއް ހަދަން ބޭނުން. އޯކޭތަ؟
އޯކޭ ހަމަ. ފިލްމު ރިލީޒްކޮށްފަ މަށަށް އަންގާލާތި އިނގޭ!
މިހާ ހަލަބޮލި ދުވަސްވަރެއްގައި އަހަރުމެން ފޫހިފިލުވައިލަން މިކަހަލަ މައުލޫއަކަށް މިހައި މޮޅު ލިޔުމެއް ގެނެސްދިނީތީ ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރު. އަދި ފައްފަށުން އައްސަރިބަހާއި ސާބަސް.
ތިންވަނަ އަނބިވެސް އަމިއްލަޔަށް އައިސް އިނދެގެން ދާނީ ޓިކްޓޮކުން ނޫން. ޕަބުޖީން ނޫން. ދާނީ ޗޮކުން.
މީ ދެން ކާކު އޭނާއާ މެދު ލިޔަން...
މީ ދެން ޙަބަރެއް؟
ތިއަށްވުރެ ހަރުދަނާ މީހަކު ނުފެނުނީތަ އަޅެ ފަހެ ލިޔުމެއް ލިޔަން! އަދި ކޮންމެ އަންހެން ކުއްޖަކުވެސް މީނައަށް ކަމަށް މިވަނީ ކައިވެންޏަށް ހުށަހަޅަނީ. ރަނގަޅަށް ވެއްޖެއްޔާ މީނަ އާދޭސް ކުރީމަ އެކުދިން އިންނަންވެސް އެއްބަސްވާނީ. ހާދަ ކަރައެއް އެބަ ފަޅައޭދޯ. ބޯ ހަލާކު!
މީދެން ކާކު، އުޅުމެއް އަޚުލާޤެއް ހަރުދަނާކަމެއް ނެތް މީހެއްކަން އެނގޭ ކިޔާފަ ހުރި އެއްޗެހިން
މާފުށީގައި ކިޔެވި ސަބަބެއްކަމަށް ބޮޑަށް ބެލެވެނީ ކުޑައިރު އިސްލާހިއްޔާއަށް ފޮނުވާފައިހުރުން، އެތާގައި އުޅޭކުދިންނަށް ތަފާތު ކޯސްތަށް ވެސް ހިންގާ..
މީހުންނާ އިނުމުގާ ބަލަންޖެހޭ ނަބަވީ އިރުޝާދުތަ ކަށް ތަބާނުވެވި ޒާތްޒާތުގެ ޝައިޠާނީ މަންޒިލްތަ ކުން ދިމާވާ މީހުންނާ އިނީމާ ދެން ވާނެގޮތަ ކީ ވަ ކި ހިސާބަ ކުން ޖެހޭނީ ދެމީހުން ވަ ކިވާން
ހުސް ފޮނި ހަމަ. މީހަކު ކިޔާހާ އެއްޗެއް ލިޔާކައް ހެޔޮނުވާނެ
ހާތްތެރި... ދިވެހިންގެ މިޔޮއް ވަހަކަދެއްކުންތެރިކަމެއްދޯ؟؟
"ފުރަތަމަ މީނަ އަރަނީ ޕަބްޖީ އެރީނާއަށް. މީނަ އަރަނީ އެކަނި. އެތަނުން ދިމާވަނީ. ދެން މީނަ އިންނަނީ އަނެއް ގްރޫޕްގައި،
ކީއްކުރާނީ.. ޒުވާނުން ވިޔަ..
ވަރަށް މޮޅު ދޮގު ހަދަށް
ފުރަތަމަ އަބި އަލީއެސްޕުރެއިން ދެވަނަ އަބި އީބެއިން ލިބިފަ ހުރި ދަރިން އެމަޒޯންއިން