ކޮވިޑް-19 ގެ ހާލަތުގެ އަސަރު އެންމެ ބޮޑަށް ކުރި ބަޔަކީ ފަންނާނުންވެ. ޚާއްސަކޮށް ރިސޯޓް މިއުޒިޝަނުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ފަންނާނުންނަށް ބޯޑަރު ބަންދުކުރުމުން ތިބެން ޖެހުނީ މަސައްކަތެއް ނެތް ބައެއްގެ ގޮތުގައެވެ. އަދި ސަރުކާރުން ވަޒީފާ ނެތް މީހުންނަށް އެ ދަނޑިވަޅުގައި ދިން އެލެވެންސަށް ވެސް ގިނަ ފަންނާނުންނަކަށް ކުރިމައްޗެއް ނުލެވެއެވެ.

މިފަދަ ދަތި ހާލެއްގައި އުޅުމަށް ފަހު އަލުން ބޯޑަރުތައް ހުޅުވާލުމުން ރިސޯޓް މިއުޒިޝަނުންނަށް އަލުން ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ލިބުނު ނަމަވެސް އެކަން ކުރަމުން އައީ ވަރަށް ދަތި ހާލުގައެވެ. ބައެއް މީހުން ރިސޯޓްތަކުގައި ސްޓޭޝަންވެގެން ތިބި އިރު އެހެން މީހުން ލަވަ ކިޔަން ރިސޯޓަށް ދަނީ ހަފްތާއަކު އެ ފަހަރަށް ވުރެ ގިނަ އިން ޕީސީއާރު ޓެސްޓު ހަދައިގެންނެވެ.

ކަން މިހެން ހުރި އިރު ޕީސީއާރު ޓެސްޓުގެ ނަތީޖާ ނުލިބުމުން ފަންނާނުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެއެވެ. ލަވަ ކިޔުންތެރިޔާ މީރާ މާޖިދު އޭނާގެ ޓްވިޓާ އެކައުންޓުގައި ބުނީ ކޮންމެ ހަފްތާ އަކު 2-3 ފަހަރު އެ މީހުން ޓެސްޓު ހަދާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ޓެސްޓުގެ ނަތީޖާ ނުލިބި ލަސްވާ ކަން އޭނާ ފާހަގަކުރިއެވެ.

"އަހަރުމެން މި އުޅެނީ މަސައްކަތަށް ދާން. ތިމީހުންގެ ފަރުވާކުޑަ ކަމުން އަހަރުމެންނަށް ގިގު ގެއްލެނީ. ގެއްލުންވަނީ ކާކަށް." އެ ޓްވީޓުގައިވެއެވެ.

މީރާ ކުރި އިތުރު ޓްވީޓްތަކެއްގައި ވެސް ވަނީ ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓަރުގެ އިތުރުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވެސް ޓެގްކޮށްފައެވެ. އޭނާ ވަނީ އެ މީހުންގެ ކަންނެތް ކަމުގެ ސަބަބުން ފަންނާނުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. އެހެންކަމުން މިހާރަށް ވުރެ ޒިންމާދާރުވާން މީރާ ގޮވާލިއެވެ.

އަދި ޓެސްޓުގެ ނަތީޖާ ނުލިބިގެން ޝަކުވާ ކުރީމަ ދައްކަނީ އެއްވެސް ތާކުންތާކު ނުޖެހޭ ބަހަނާ ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ ކަމާއި ބެހޭ ފަރާތްތަކުން ހޭލާ، އެ މީހުންގެ ޒިންމާ އަދާކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަަސަގީ

    ނުޖެހެޔޭ ލަވަކިޔާ ނަށާކަށް

    15
    2
  2. ސާނީ

    ކަލޭ ގެ އެކަނިތައް ނުލިބެނީ........

    13
    2
  3. ނައި

    ތަންކޮޅެއް ސާ ފު ނަޒަރަކުން ބަލައި ފީވިއްޔާ ސަރީހަކޮށް އަލިކޮށް ސާބިތު ވާނީ ލަވަޔާ މިޔުޒިކުން ލިބޭނީ ހުސް ގެއްލުންކަން. ހުރިހާ ގޮތަކުން. ތިމާގެ ހިތް، ތިމާގެ ނަ ފްސު، ތިމާގެ އަބުރު، ތިމާގެ ޖިސްމު ތިމާގެ ފަރާތުން އެހެންމީހުންނަށް ދެން ނަން ހުސްކޮށް..
    އަދި އެކަން ހުއްޓާލުމުން ބަނޑަށް ނުޖެހޭނެކަމީ ގަރަންޓީ މައްސަލަޔެއް...

    11
    3
  4. ތިމަންނަ

    ގައުމުގެ ހަލާކު

    7
    1
  5. ޛުހާ

    ތީތެދެއް 15 ދުވަސް އެބަނަގާ 100 ފަހަރުގުޅިޔަސް ޓީމާއަންގާލާފައޭވީ...