ބޭނުންވާނެ ތަކެތި

1 ޖޯޑު ފުށް

½ ޖޯޑު ބަޓަރު

2/1 1 ޖޯޑު ފުށް

4/1 ސައިސަމުސާ ލޮނު

4 ބިސް

ޗޮކުލެޓް ޑިޕް

200 ގުރާމް ޗޮކުލެޓް

2/1 1 ޖޯޑު ދިޔާކިރު

2/1 ޖޯޑު ކުކިން ކުރީމް

2 މޭޒުމަތީ ސަމުސާ ޒުވާރި ފުށް

2/1 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް

ޗުރޯސް ހެދުމަށް، ފެން، ބަޓަރު އަދި ލޮނު ކައްކާލާށެވެ. ކެކެން ފެށުމުން އަލިފާން ނިއްވާލެއްވުމަށްފަހު ފުށް އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށް ކުޑަކޮށް ފިނިވީމަ ފަހަރަކު ބިހެއް އަޅައި އެއް ކުރަމުންދާށެވެ. ފުށްގަނޑު ޕައިޕިން ބޭގް ބޭނުން ކޮށްގެން ތެލުގެ ތެރެއަށް ޕައިޕް ކޮށްލައްވައިގެން ތެލުލާށެވެ. ތެލު ލެވުމުން ހަކުރު އަދި މުގުރި ފޮނިތޮށީގެ ތެރެއަށް އަޅުއްވާ ހަކުރު އަދި ފޮނިތޮށި އުނގުޅާލާށެވެ.

ޑިޕް ހެދުމަށް ޗޮކުލެޓް ކޮޅު ދިޔާ ކޮށްލުމަށް ފަހު ޒުވާރި ފުށް ފިޔަވާ ދެން ބާކީ ހުރި ތަކެތި އަޅައި އެއްކޮށްލުމަށް ފަހު ކައްކާލާށެވެ. ކެކެން ފެށުމުން ޒުވާރި ފުށް ކޮޅު ފެން ފޮދެއްގެ ތެރޭގައި ގިރާލުމަށްފަހު އަޅައި އެއްކޮށްލާށެވެ.