ބޮލީވުޑުގެ ސުޕަސްޓަރ ޝާހުރުކް ޚާނަކީ އޭނާގެ އެތައް އިމާރާތްތަކާއި އަގުބޮޑު އެތައް އެއްޗެއްސެއްގެ ވެރި ފަރާތެވެ. ކިންގް ޚާންގެ ދިރިއުޅުމަށް ބަލާލާއިރު އޭނާގެ ''ކިންގް ސައިޒް'' ގެ އިމާރާތްތަކާއި އެހެނިހެން ތަކެއްޗަކީ ވެސް ވަރަށް އަގުބޮޑު ތަކެއްޗެވެ. އޭގެތެރޭގައި ހިމެނެނީ

ކާރުތައް

އަގުބޮޑު އެތައް ކާރެއް ގެންގުޅޭ ޝާހުރުކް ޚާންގެ ކާރުތަކަކީ މޮޑިފައިޑް ކާރުތަކެކެވެ. 4 ކްރޯރް ރުޕީސްގެ ބެންޓްލޭ ކާރަކާއި، 14 ކްރޯރް ރުޕީސްގެ ބުގަޓީ ކާރަކާއި، 7 ކްރޯރް ރުޕީސްގެ ރޯލްސް ރޮއިސް ކާރަކާއި 10 ކްރޯރް ރުޕީސްގެ ހާރލޭ ސައިކަލް ހިމެނެއެވެ.

މަންނަތު

މުމްބާއީގައި ޝާހުރުކް ޚާނާއި އޭނާގެ އަންހެނުންނާއި ތިން ދަރިން ދިރިއުޅެމުންދާ ގެ މަންނަތަކީ 13.32 ކްރޯރް ރުޕީސްއަށް ގަނެފައިވާ ގެއެކެވެ. 6 ފަންގިފިލާއަށް އިމާރާތް ކުރެވިފައިވާ މި ގެއަކީ ގިނަ ކޮޓަރިތަކަކާއި ސިޓިން ރޫމުތަކާއި ޖިމްއަކާއި ލައިބްރަރީއަކާއި ހިމެނޭ އިމާރާތެކެވެ.

ޕާމް ޖުމެއިރާ ވިލާ

ދުބާއީގައި ހުންނަ މި ގެއަކީ 100 ކްރޯރް ރުޕީސްއަށް ގަނެފައިވާ ގެއެކެވެ. މިއީ ޝާހުރުކް ޚާންގެ އެންމެ އަގުބޮޑު މުދަލުން އެއް ތަނެވެ.

ލަންޑަން ވިލާ

172 ކްރޯރްއަށް ލަންޑަނުން ގަނެފައިވާ ގެއަކީ ވެސް ޝާހުރުކް ޚާންގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ އަގުބޮޑު އެކައްޗެވެ.

ވެނިޓީ ވޭން

4 ކްރޯރް ރުޕީސްގެ މި ވެނިޓީ ވޭނަކީ ޝާހުރުކް ޚާން ބޭނުންވާ ގޮތަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްގެން ޑިޒައިން ކޮށްފައިވާ ވޭނެކެވެ.

ރެޑް ޗިލީ އެންޓަޓެއިންމަންޓް އެންޑް ވީއެފްއެކްސް

ޝާހުރުކް ޚާންގެ ޕްރޮޑަކްޝަން ހައުސްއަކީ 500 ކްރޯރް ރުޕީސްގެ އަގުބޮޑު ތަނެކެވެ. މިތަން ދާދިފަހުން ވަނީ އޭނާގެ އަންހެނުން ގައުރީ ޚާން ރީޑިޒައިން ކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފުލް ކުމާރު

    އަހަރެމެން އަޑުއަހަނީ ޝާހަކީ ވަރަށް ފަގީރުމީހެއްކަމަށް.

    1
    9
  2. ޖައްލެ

    ދުނިޔެ އަންނަނީވެސް އޮރިޔާން ހާލު، ނިމި ދާނީވެސް އެ ހާލުގަ. ވީއިރު، ވީ އެންމެ ބޮޑަކަށް ފަގީރުންނަށް އެހީނުވެވި ދުނިޔެ ދޫކޮށް ދާންޖެހުމަކީ އެންމެ ބޮޑު ހިތާމަ!!

    25