މި ރޯދަ މަހަކީ ވެސް އެހެން ރޯދަ މަސްތަކާ އެއްގޮތަށް ތަފާތު ކާތަކެތި ތައްޔާރުކޮށްލަން ޝަައުގުވެރި މަހެކެވެ. އެގޮތުން އަރަބި ސަމޯސާއަކީ މިއީ ރޯދަ ވީއްލަން ވަރަށް ރަނގަޅު ހެދިކާގެ ބާވަތަކަށް ވާނެއެވެ. މިއީ އާއްމުކޮށް އަރަބި ގައުމުތަކުގައި ލިބެން ހުންނަ ކާއެއްޗަކަށްވީ ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި މި ކާނާ ތައްޔާރުކުރެއެވެ. މި ސަމޯސާ އަށް ބޭނުން ވައްތަރެއްގެ މަހެއް އެޅިދާނެއެވެެ.

ބޭނުންވާނެ ތަކެތި

  • 450 ގްރާމް ގްރައުންޑް ބީފް
  • 1 ޖޯޑު ފިޔާ ހިމުންކޮށް ކޮށާފައި
  • 1 ސައި ސަމުސާ ލޮނު
  • 1 ސައި ސަމުސާ މަސާލާ (އެކި މަސާލާތައް އެއްކޮށްފައި)
  • 1 ސައި ސަމުސާ މުގުރި ފޮނިތޮށި
  • 1/4 ސައި ސަމުސާ އަސޭއި މިރުސް
  • 2 މޭޒުމަތީ ސަމްސާ ތެޔޮ
  • 1 ޖޯޑު ޕާސްލޭ ހިމުންކޮށް ކޮށާފައި
  • 30 ސްޕްރިންގް ރޯލް ޕޭސްޓްރީ ޝީޓް (ބަދަލުގައި ތުނިކޮށް ދަމާފައި ރޮށިގޮތަށް ފުށްގަނޑު ބޭނުން ކުރެވިދާނެ"
  • 1 މޭޒުމަތީ ސަމުސާ ފުށް
  • 1/4 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް

  • ތޮފޮދު ހޫނު ތަފަ އަށް އަޅާފައި ފިޔާކޮޅު ރަތްކޮށްލާށެވެ. މިކަމަށް ހޭދަވާނީ 3-4 މިނިޓެވެ.
  • އޭގެ ތެރެއަށް ގްރައުންޑް ބީފްކޮޅު އެއްކޮށްލާށެެވެ. ބީފް އިން ފެން ހިކެންދެން ކައްކާލާށެވެ.
  • އެއަށް ފަހު މަސާލާ އެއްކޮށް އިތުރަށް ދެ މިނިޓުވަރު ކައްކާލާށެެވެ.
  • ރަހަ ހެޔޮވަރުކަން ބެެލުމަށް ފަހު އޭގެ ތެރެއަށް ޕާސްލޭކޮޅު އެއްކޮށް ލާށެވެ. ދެން އެ ފިނިވަންދެން ބަހައްޓާށެެެވެ.
  • ސްޕްރިންގް ރޯލް ޕޭސްޓްރީ ތައްޓެއް މަތީގައި ބޭއްވުމަށް ފަހު އޭގެ ތެރެއަށް ކުރިން ކެއްކި އެއްޗެހިން ސަމުސަަލެއް އަޅާލާށެވެ. އެއަށް ފުށުން ޕޭސްޓް ކޮޅެއް ހަދާ އޭގެ ދެ އަރިމަތީގައި ހާކާލާށެވެ. އަދި ދިގަށް ވާގޮތަށް އޮޮޅާލާށެވެ. ފުށްގަނޑު ދަމައިގެން ސްޕްރިންގް ރޯލް ޝީތުގެ ބަދަލުގައި ބޭނުން ކުރާ ނަމަ ރަހަ ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ.
  • އެއަށް ފަހު މަޑު ގިނީގައި ތެލުލާށެވެ. އެއާ ފްރައި ކުރާ ނަމަ ކުރާނީ 380 ޑިގްރީ ސެލްޝިއަސްގައި 15-20 މިނިޓު ވަންދެންނެވެ.