އަމިއްލަ ގެއެއް ހުރުމަކީ ބޮޑު އުފަލެކެވެ. އަދި އެއީ ހިތައްހަމަޖެހުންވެސް ލިބޭނެ ކަމެކެވެެ.އަދި މިއީ އެތައް ބައެއްގެ ބަކެޓް ލިސްޓުގައިވާ ކަމެއްވެސް މެއެވެ. މިގޮތަށް އަމިއްލަ ބިމެއް ލިބި އެ މަސައްކަތް ފަށައިގަންނަ މީހުން އެކަމަށް ބޮޑު ހޭދައެއް ކުރެއެވެ. މިލިއަނުން، މިލިއަނުން ފައިސާ ހޭދަކުރެއެެވެ.

އެހެން ނަމަވެސް މި ފިރިހެން މީހާގެ ހުވަފެނީ ގެ ވެފައި ވަނީ ބޮޑު ތޫފާނަކަށެވެ. އޮޅިގެން އޭނާގެ ގެ ހަދާފައި ވަނީ އެއްފަޅިއެވެ. އެއީ ގެ ހެދި ފަރާތަަށް އޮޅިގެން ކުރި ކަމެކެވެ.

ނޭޕާލްއަށް ނިސްބަތްވާ ބިޝްނޫ އަރްޔަލް އޭނާގެ ހުވަފެނީ ގެ ހެދުމަށް 700،000 ޑޮލަރު (8 މިލިއަން ރުފިޔާ) އެއްކުރިއެވެ. އަދި އެ ފައިސާ ގެ ހެދުމަށާއި، ސިޑްނީން ބިން ގަތުމަށް ހޭދަކުރިއެވެ.

އަރްޔަލް ނޭޕާލުން އޮސްޓްރޭލިއާއަށް ބަދަލުވީވެސް އާ ދިރިއުޅުމަށެވެ. އަދި އެތަނުގައި ހުރެގެން 10 އަހަރު ވަންދެން ފައިސާ އެއްކުރިއެވެ. އަދި ގެ އިމާރާތް ކުރުމަށް ޒެކް ހޯމްސް އާއެކު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. އަދި އެކަމަށް ބިމެއްވެސް ގަތެވެ.

އެހެން ނަމަވެސް އޭނާއާ ޒެކް ހޯމްސް އާ ދެމެދު ދެކެވުނު ވާހަކަތައް އޮޅި، އެންމެ ފަހުން އެ ގެ ވެފައި ވަނީ އޭނާގެ ހިތައް ކުރިމަތިވި އުނދަގުލަށެވެ.

ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އަރްޔަލްއަށް ލިބުނު ގެ ފެނިފައި އޭނާ ހޭނެތިގެން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. އެއީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި ގެއެއް ނޫނެވެ.

ނައިން ނޫހާއި ވާހަކަދައްކަމުން އަރްޔަލް ބުނީ، އޭނާގެ ގެއަށް ވެފައި ހުރި ގޮތް ބެލުމަށް ސުޕާވައިޒަަރަށް ގުޅި ކަމަށާއި، އަދި އެ ގެ މިގޮތަށް ހުރީ ކީއްވެގެންތޯ ސުވާލު ކުރި ކަމަށެވެެ.

"އޭނާ ބުނީ އެއީ ޑުޕްލެކްސްއެއް ކަަމަށް، ސެމީ ޑުޕްލެކްސްއަށް ކަަމަށް،އަހަރެން ހޭނެތިގެން ނުވެއްޓުނީ ހަމަ ކިރިޔާ"

އޭނާ ބުނީ، އޭނާގެ ގޭގެ އަނެއް ބައިވެސް ބޭނުންވާ ކަމަށް ބުނި އެއީ ޑުޕްލެސްެއެއް ނޫން ކަމަށާއި، އެއީ ގޭގެ އެއްބައި ކަމަށް އޭނާ ބުނި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އެގްރީމެންޓްގައި ބުނެފައި ވަނީ އެއީ ފްރީ-ސްޓޭންޑިންގ ހޯމް އެއް ކަމަށެވެ. ނަމަވެސް ތިން އަހަރު ފަހުން އޭނާ ގޭގެ މަސައްކަތް ކުރިއަށްދާތަން ބަލަން ދިޔައިރު، އެގެ ހަދާފައި ވަނީ ބޭނުންވި ގޮތަށް ނޫނެވެ.

އަރްޔަލް ބުނީ، އޭނާއަކީ އިނގިރޭސިއަށް މޮޅު މީހެއް ނޫން ކަމަަށާއި، އެހެން ނަމަވެސް އޭނާ ގޭގެ އެއްފަޅި ހެދުމަށް އެއްބަސް ވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.