ޕީޗް ކޮފީ ޖޫހަކީ މަދު ތަކެތި ބޭނުން ކޮށްގެން ވަރަށް ފަސޭހައިން އަވަހަށް ތައްޔާރު ކޮށްލެވޭ މީރު ބުއިމެކެވެ. ބުރަކޮށް އުޅުއްވާ ފަރާތްތަކުން އަވަހަށް ތައްޔާރު ކޮށްލުމަށް މިއީ މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

1 ޖޯޑު އައިސްކިއުބު

2 މޭޒުމަތީ ސަމުސާ ފުރެޝް ކުރީމް

2 މޭޒުމަތީ ސަމުސާ ހަކުރު

2 މޭޒުމަތީ ސަމުސާ ކޮފީ

1 ޕީޗް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

ޕީޗް، ކޮފީ، ކިއުބް، އަދި ހަކުރު އެއްކޮށް މިކްސަރުން ގިރާފައި ކްރީމް އަޅާފައި ސާވް ކޮށްލާނީއެވެ.