މިއީ ރާއްޖޭގައި މިހާތަނަން ދުށް އެންމެ ކާމިޔާބު އެއް އަންހެން ބޭފުޅާއެވެ. އަންހެނުންނަށް ނުވާނެ ކަމަށް ބަޔަކު ހީކުރި އެތައް ކަމެއްކޮށް ދިވެހި ގައުމު ފަހުުރުވެރިވާފަދަ ހުނަރުވެރި ބޭކަނބަލެކެވެ. އެމެރިކާގައި ދޭ "އެންމެ ހިތްވަރުގަދަ އަންހެނާ"ގެ އެވޯޑް ރާއްޖެއިން އެންމެ ފުރަތަމަ ހާސިލްކުރެއްވި ބޭކަނބަލަކީވެސް މިއީ އެވެ.

މަތީގައިވާ ފޮޓޯއިން ފެންނަ ބޭކަނބަލަކީ މިހާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މާރިޔާ އަހުމަދު ދީދީ އެވެ. މިއީ މިނިސްޓަރު ތުއްޕުޅު އިރުގެ ފޮޓޯއެކެވެ.

މި ފޮޓޯގައި މިނިސްޓަރ ހިނިތުންވެވަޑައިގެން ހުންނަވާ މަންޒަރު ފެނިގެންދެއެވެ. އެއީ މިނިސްޓަރ އުމުރުފުޅުން ދެތިން އަހަރުގައި ނަންގަވާފައިވާ ފޮޓޯއެއްކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އުމުރުފުޅު ކަށަވަރެއް ނޫނެވެ.

މީގެ އިތުރުންވެެސް މިނިސްޓަރ މާރިޔާ ކުރީގެ އިތުރު ދެ ފޮޓޯއެއްވެސް ލިބިފައި ވެއެވެ. އޭގެ ތެރެއިން އެއް ފޮޓޯއިން ފެނިގެން ދަނީ މާރިޔާ އެކަމަނާގެ ދޮށީ ދަރިކަލުން އައްފާން އުނގުމަތީގައި ބައިންދައިގެން އިންނަ މަންޒަރެވެ.

މިނިސްޓަރ މާރިޔާ ދޮށީދަރިކަލުންނާއެކު

ދެން ލިބުނު އަނެއް ފޮޓޯއަކީ މިނިސްޓަރ ގްރޭޑް އެކެއްގައި އަމީނިއްޔާ ސްކޫލްގައި ކިޔަވާ ވިދާޅުވިއިރު، ނަންގަވާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި މިނިސްޓަރ ފެނިގެން ދަނީ އެންމެ ފަހަތުންނެވެ.

މިނިސްޓަރ މާރިޔާ ގްރޭޑް 1ގައި ކިޔަވާ ވިދާޅުވިއިރު ނަގާފައިވާ ގްރޫޕް ފޮޓޯއެއް،

މިހާރު އުމުރުފުޅުން 58 އަހަރުގެ މިނިސްޓަރ މާރިޔާ ވަނީ 20 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. އޭގެ ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާނޫނީ ވަކީލުކަމުގެ ޝަރަފު ވެސް ހޯއްދެވިއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމުކަމަށް ޗެއާޕާސަންގެ މަގާމު ފުރުއްވެވި ފުރަތަމަ އަންހެން ބޭފުޅަކީ ވެސް މިނިސްޓަރ މާރިޔާއެވެ.

ޤާނޫނީ ވަކީލުކަމާއި، މަޖިލިސް މެންބަރުކަމާއި، ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމާއި އަދި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވައިގެން މިނިސްޓަރ މާރިޔާ ވަނީ އެތައް އަންހެނުންނަކަށް މިސާލު ދައްކަވާފައެވެ. އަންހެނުންނަށް ކުރެވޭނެއެވެ. އަންހެނުން ކުރާނެއެވެ. އެކަން މިނިސްޓަރ މާރިޔާ ސާބިތުކޮށްދެއްވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަގްލީ ބެޓީ

    ތިއީ އަހަރުމެންނަށް މުހިއްމު މީހެއްނޫން.
    ތިއީ ގާނޫނު އަސާސީ މައްޗަށް ފައިންއެރި އަދި ދިވެހިސިފައިންނަށް ހައްގު ނޫންބަސްތަކެއްބުނި މީހެއް.

    123
    7
  2. އާދަމުގެދަރި

    ތެދެއް މިހާތަނަށް އެއްވެސް ދިވެހި އަންހެނަކު ނުކުރާ ކަންކަން ކުރައްވައިގެން އެ އަންހެނާ ވަނީ ރެކޯޑް ހަދާފައި. ބިސްމީގެ ބަރަކާތުން ފެށި ގާނޫނުއަސާސައަށް ކޮޅުފައިން އެރުމުގެ ރެކޯޑް އެހެން މީހަކު މުގުރާލަންދެން އޮންނާނީ އެ އަންހެނާގެ އަތުގައި. އަދި ގައުމަށް ބޭރުގެ ބަޔަކު އަރައި ހިފަން ގޮވާލުމުގެ ރެކޯޑްވެސް އޮންނާނީ އެ އަންހެނާގެ އަތުގައި. ދިވެހި ސިފައިން ފިދަނަތަކަކަށް ހެދުމުގެ ރެކޯޑުވެސް އޮންނާނީ އެ އަންހެނާގެ އަތުގައި.

    97
    6
  3. ވެރިން

    މިކަހަލުގެ މީހުން ޕްރޮމޯޓް ކުރުމަކީ މިހައުމުގެ ހެދިފަހުރި ގާނޫނު ތަކަށާ ގާނޫނު އަސާސީޔަށަށް ހުރުމަތް ނުކުރާން ބޭނުން ވާމީހުނަށް ދެވޭ ވަރަށް ބޮޑު ހިއްވަރެއް.ވަގުތު ނޫުން މިކހަލުގެމީހުން ޕްރޮމޯޓް ކުރާތީ ހޮތާމަކުރަން

    81
    4
  4. ވެރިން

    މިކަހަލުގެ މީހުން ޕްރޮ މޯޓް ކުރު މަކީ މިހައު މުގެ ހެދިފަހުރި ގާނޫނު ތަކަށާ ގާނޫނު އަސާސީޔަށަށް ހުރު މަތް ނުކުރާން ބޭނުންވާ މީހުނަށް ދެވޭ ވަރަށް ބޮޑު ހިތްވަރެއް.ވަގުތު ނޫހުން މިކަހަލުގެ މީހުން ޕްރޮ މޯޓް ކުރާތީ ހިތާ މަކުރަން

    59
    4
  5. ކެޔޮޅު

    މިއީ ދިވެހިތާހުގައި އަންހެނުންގެ ނަނަކިލަނބުކޮއް ޤާނޫނު އަސާސީ މައްޗައް ކޮޅައްއަރާ ހުތު މުޑުދާރު އަމަލު ތަކެްްހިންގި ކަނބަލެއް!!

    77
    5
  6. ަހަހު

    ކިހާ ވަރެއް ދިނީ ކުއްލި އަކައް މާ ރިޔާވީ

    66
    3
  7. ވައިކިންގ

    އަހަރުމެންނަށް ކީއް؟ އަހަރުމެން މީހެއްކަމަށް ބަލާ މީހެއްނޫން އެއީ.

    71
    5
  8. އަނގަމަރިޔަނބު

    ގާނޫނު އަސާސީ މައްޗައް ކޮޅައް އެރި ފުރަތަ މަ މީހާގެ ލަގަބުވެސް ހަބަރައް އިތުރު ކޮއްލި ނަ މަ މިހަބަރު ވަރައް ފުރިހަ މަވިސް.

    79
    6
  9. ނަސީ

    ތީ މިގައުމް އިންޑިޔާ މުއްދަށައް ގެންދަން އެންމެ ވާގިވާ މީހެން މީދެން ކާކު

    39
    2
  10. ޢަޒު

    ވަގުތު ކުދިން ސަރުކާރު ޕްރޮމޯޓް ކުރުމުގަ އަވަދިނެތި

    38
    3
  11. ފިނދަނަ

    ﷲގަންދީ ބުނަން ދިވެހިސިފައިންނަށް ކުޑައި މީސްބަހެއް ބުނެ އެމީހުންގެ ގިތްވަރާއި އަޒު މް ކުޑަވާގޮތަށް ބަސް ބުނާ އެއްވެސް މީހަކަށް ކަނބަލު، ފުޅު، މަނިކުފާނު ފަދަ ބަސްބަސް ބޭނުން ނުކުރާނަން.

    36
    2
    • ޢަހުމަދުވަގާރު

      ހައްހައްހާ.ދިވެހި ޑޮ ކްޓަރަ ކައް ބަސް ބުނި މީހަ ކަށް. ކީ ކޭ ދެން ބުނާނީ މިފަދަ މީހުން ވެ ސް އެބަ އުޅޭ ތާ

  12. ފިޔަވަޅު

    ރާއްޖެ ދުއް އެންމެ ހިއްވަރުގަދަ އަންހެނާއޭ ބުނީމަ ވޜަށް އޮޑު ..
    ޢެކަނިމާއެކަނި ރަނގަލު ދީންވެރި ދަރިންތަކެއް ތަރުބިއްޔަތު ކުރި ދީންވެރި އަންހެނުންވެސް މިރާއްޖޭގަ ތިބޭނެ .
    އެމީހުން މާބޮޑަށްވެސް ހިއްވރު ގަދަަ....

    49
    2
  13. ބުރާންތި

    ދިވެހި ސިފައިންނަށް ފިނދަނަ ތަކަކޭ ގޮވީ ކާކުތޯ އަދި ގާނޫނު އަސާސީ މައްޗަށް މަޖިލިސްތެރޭގައި ހުރެ ފައިން އެރުން އެއީ ރަނގަޅުކަމެއްތޯ ވަގުތު ނޫހަށް ކެރިދާނެތަ ތި މީހާ ކައިރިން އަހަން ؟

    39
    1
  14. ފަރުދީ

    އެފް.ޑީ.އައިގެ ހިއްސާދާރެއް ވެސް ކިޔާ އަޑު އިވޭ

    28
  15. ލެޖެންޑެއް

    އަހަރެމެން ކުޑައިރު މާލޭގައުޅުނު (ފިރިހެން ފާތުމަ)ކިޔާމީހެއް
    މީހުންކިޔާ އޭނަ ނުދަންނަ މަސައްކަތެއް ނޯންނާނޭ އެމީހާވެސް ތިޔަކނބުލޭގެއައްވުރެން ރަނގަޅުވާނެކަންނޭންގެ އެވެސް

    38
  16. ބާނީ

    މާރިޔާ އަކީ ދިވެހި ސިޔާސީ މައިދާނުގައި ހުރި އަންހެން ބޭކަނބަލުންގެ ތެރެއިން ދެވަނައެއް ނެތް ބޭކަނބަލެއް. އެކަމަނާ ވައްޓާލެވޭނެ ފެންވަރުގެ ބޭކަނބަލެއް އިދިކޮޅު ބުއްފުޅި ކޯލިޝަންގައި ވެސް ނެތް

    5
    41
    • Anonymous

      އަންހެނުންނަށް ހުތުރު އަރުވަން އެފާޑަށް އުޅޭ އަންހެނެއް އިދޮކޮޅުގަ ނެތީމަ މާތް ﷲ އަށް ޙަމްދުކުރަން.

      27
  17. އަލީ

    ދިވެހިން މާރިޔާ އަށް އިހްތިރާމް ކުރޭ. މިއަދު ސިފައިންގެއަށް ގެނެސް ދެއްވި ބަދަލުތަކާ އެކު ސިފައިން އެކަމަނާ އަށް ތައުރީފްކުރޭ. މިއަދު އެންމެ ގިނަ ސިފައިން ގަބޫލު ކުރާ ގޮތުގައި ޑިފެންސް މިނިސްޓަރު ކަމާހަވާލުވި މިނިސްޓަރުންގެ ތެރެއިން އެންމެ ބަރާބަރު މިނިސްޓަރަކީ މާރިޔާ.

    4
    39
  18. ދަރަނި ދަންތުރަ

    މިނޫހުން ކިތައްމެ ވަރަކަށް މާރިޔާއަށް ސަނާކިޔަސް ތިޔައީ ދިވެހިއަންހެނުންނަށް ހުތުރެއް ، ގާނޫނުއަސާސީއަށް ފައިންއެރީ ލައިވްކޮށް ދައްކަމުންދިޔަ ޖަލްސާއެއްގައި ދިވެހި ސިފައިންނަށް އާޑަފުރައްސާރަކުރި ފިނދަނަ ތަކެއް ކަމަށްބުނި އިންޑިޔާ ސިފައިންގެނެސްގެން ދިވެހިރާއްޖެ ހިސޯރުކުރަން ބޭނުންވި ، މިކޮމެންޓު ޖަހާލަންކެރޭނެބާ ؟

    19
  19. އެކުވެރިޔާ

    މިނޫސްވެސް ރީނދޫ ގުރޫޕުގެ އަޅުވެތިކަމުގައި ބެނދިނިމުނީދޯ ވަރަށް ރީނދޫ ވަސްދުވާއެބަ މިހާރު...

    18
  20. ރިއަލް

    އުމުރު ދަށަށް ތަ ދަނީ! އަޅެ ހަވީރު ގެ 1993 ގެ މީހުން ކޮލަމް ގަ މާރިޔާ ގެ އުމްރު ކަމަށް އޮތީ 33 އަހަރު! ސޯ ށީ މަސްޓް ބީ 61 އެކަމަކު އޭނަ އަށް 62 ވުން ވެސް އެކަށީގެންވޭ! ސަބަބަކީ 34 އޭރު އެމަހު ނުފުރެންޏާ 33 ކަމުގަ ބުނެފަ އޮވެދާނެ! ޗެކް ކޮށްލައްވާ 1993 ވަނަ އހަރުގެ ހަވީރު ގެ މީހުން ކޮލަމް ތައް!

    11
  21. މުރާދު

    ރަގަޅުކަންތަކެއްގެ އިތުރަށް ގޯސްކަންތައްތަކެއްވެސް ފާހަގަކުރެވޭ އެއީ ގާނޫނުއަސާސީމަށްޗަށް
    ފައިން އެރުން ދިވެހިސިފައިންނަށް ހައްގުނޫން ބަސްތަކެއްބުނުން ދިވެހިސިފައިން ( ހިތްވަރު
    ގަދަ ގައުމާ މާތްވެގެންވާ އިސްލާމްދީން ގަބޫލްކުރައްވާ ނޮވެމްބަރު3ގައި ފުރާނައިން ދިވެގައުމާ،
    ގައުމުގެ ރަށްޔިތުންނާ ދީނައްޓަކައި ގުރުބާންވި ) ފިދަނަތަކެއްކަމަށް ސުފަކުރެއްވުން މިއީ ރަގަޅު ކަމެއްގެ ރެކޯޑްތޯ މިއީ ބަލައިގަނެވޭނެ ކަންތަކެއްނޫން ނަމަވެސް މިކަންފާހަގަކުރައްވާފައި
    ނުވާތީ ހިތާމަކުރަން އަދި މިފަދަ ދަށުދަރަޖައިގެ ބަސްތަކެއްބުނުއްވާފައިވާ ދަށުދަރަޖައިގެކަންތައްތަކެއް ކުރައްވާފައިވާ ފަރާތެއް ޕްރޮމޯޓް ކުރެއްވީތީ ހިތާމަކުރަން

    13
  22. ބުރާންތި

    ތިއީ ފިނދަނަ މާރިޔާ

  23. އަހްމަދު

    މިމީހާއަށް ހެޔޕ ވިސްނުން ދެއްވާށި. އާމީން

  24. ތިޔަކީ

    ކަމުދާ މީހެއް ނޫން، މާ ބޮޑައް އަނގަ ދިޔާ ވެގެން އުޅޭ މީހެއް ތީ