މަންމަ އާއި ދަރިފުޅުގެ ގުޅުމަކީ ހާއްސަ ގުޅުމެކެވެ. އެއީ އާދަޔާ ހިލާފު ގުޅުމެކެވެ. މަންމަ އާއި ދަރިފުޅުގެ ގުޅުން ހާއްސަ ވާ އެތައް ސަބަބެއްވެސް އެބަ އޮތްތާއެވެ. އެގޮތުން ދަރިފުޅު ބަލާ ބޮޑުކޮށް، ދޭން ޖެހޭ ތަރުބިއްޔަތު ދިނުމުގައި އެންމެ ހާއްސައީ މަންމަ އެވެ.

މީގެ ކުރިން ގިނައިން އަޑުއިވިފައި ހުންނާނީވެސް ދަރިން އެ މީހުންގެ މައިންބަފައިނަށް އިހާނެތިކޮށް ހިތާ ވާހަކަތަކެވެ. އެފަދަ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ދައުރުވެއެވެ.

އެހެން ނަމަވެސް ދާދި ފަހުން މީސް މީޑިއާގައި އާއްމުވި، މި ފޮޓޯއަަށް މީސް މީީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

އެ ފޮޓޯ އާއްމުކޮށްފައި ވަނީ އަބްރަނީލް މަލަކަރް ނަމަކަށް ކިޔާ މީހެކެވެ. އެ ފޮޓޯއިން ފެނިގެން ދަނީ އަބްރަނީލްފެ މާމަގެ ފައިގެ ނިޔަފަތި އޭނާގެ 65 އަހަރުވީ ބައްޕަ ކޮށައިދޭތަނެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ އަބްރަނީލް ގެ ބައްޕަ ބިންމަތީގައި އިށީންދެ އިދެ، ވަރަށް ބަލައިގެން މަންމަގެ ފައިގެ ނިޔަފަތިތައް ކޮށައިދޭ ތަނެވެ. އެ މަންޒަރު ބަލަން އެ މަންމަ އިންނަ މަންޒަރުވެސް އެ ފޮޓޯއިން ފެނިގެން ދެއެވެ.

އޭނާ ވަނީ ބެންގަލް ބަހުން އެ މަންޒަރު ސިފަކޮށްދީފައެވެ.

އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. އެތައް ހާސް ލައިކެއް އެ ފޮޓޯއަށް ލިބިގެންދިޔައިރު، އެތައް ބަޔަކު އެ ފޮޓޯއަށް ރިއެކްޓްކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަކޫން

    ޏިޔަ ފަތި ކޮށާނީކީ ނޫން . ނިޔަ ފަތި ކަނޑާނީ

    14
    2
  2. ނޫސްކިޔާމީހާ

    ތިކަން މާބޮޑު ކަމަކަށް ހަދައިގެން އިސްތިހާރު ނުކުރިއަސް ތިއީ ހަމަ އާދައިގެ ކަމެއް ތިކަން މައިން ބަ ފައިންނަށް ނުކޮށްދޭ މީހުން ތިމަންޒަރު ފެނި ފަ އަޖާބުވާނެ އަދި ލައިކުވެސް ދޭނެ.

    12