ކައުނުގެ ބިޔަކަމާއި ބޮޑުކަމުގެ ތެރެއިން އަހަރެމެން ދިރިއުޅޭ ބިމާއި އެންމެ ގާތުގައި ވަނީ ހަނދެވެ. ނަމަވެސް މިތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު ދުނިޔޭގެ ހަނދުގައި ފޮރުވިފައިވާ ސިއްރުތައް އަދިވެސް މުޅީން އެއްކުރެވިފައެއް ނުވެއެވެ.

ހަނދުގެ ނޭނގޭ މަޢުލޫމާތުތައް ދެނެގަތުން މިއަދު ކުރިއަރާފައިވާ ސައިންސްގެ އެހީގައި ކުރިޔާއި އަޅާބަލާއިރު އުނދަގޫ ކަމަކަށް ނުވީނަމަވެސް، ހަނދާއި ގުޅޭގޮތުން އެނގޭ ކަންކަމަށްވުރެ ގިނައީ ނޭނގޭ ކަންކަން ކަމުގައި ބުނެވިދާނެއެވެ. މިއީވެސް އެގޮތުން މިހާތަނަށް ހަނދުން އެއްކުރެވުނު މަޢުލޫމާތުތަކުން ޖަވާބެއް ނުލިބިވާ ކަމެއްގެ ވާހަކައެވެ.

1969 ވަނަ އަހަރުގައި ނާސާއިން ހަނދަށް އިންސާނުން ފޮނުވުމުގެ ކުރިން ޖައްވީ އުޅަނދު އެޕޯލޯ 10 ގެ އެސްޓްރޮނޯޓުން ހަނދުގެ ވަށައިގެން ދަތުރުކުރި ކުރުމުގެ ތެރޭގައި ރެކޯޑް ކުރެވުނު ކްލިޕެއް ނާސާއިން ޢާންމުކޮށްފައި ވެއެވެ. ނަމަވެސް މި ކްލިޕްގައި އިވެނީ ކޮން ކަހަލަ އަޑެއް ކަމެއް ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

މި ކްލިޕް ރެކޯޑް ކުރެވުނު އިރު އެޕޯލޯ 10 ގައި ތިން އެސްޓްރޮނޯޓުން ތިބިއިރު ގަޑިއެއްގާއިރުވަންދެން އެ އަޑު ރެކޯޑް ކުރެވިފައިވެއެވެ. އެހެން ނަމަވެސް އެސްޓްރޮނޯޓުންނަކަށް އާދަޔާ ހިލާފު ކަމެއް އޭރު ފާހަގައެއް ނުކުރެވެއެވެ. ރެކޯޑިން އާމެދު ސުވާލު އުފެދެން ފެށީ އޭގެ މާފަހުން ކުރެވުނު ދިރާސާތަކެއްގެ ތެރެއިންނެވެ.

"އަހަންނަކަށް އަންގާފައެއް ނުވޭ އޭރު އެފަދަ އަޑެއް އިވޭ ކަމެއް. އެނގުނު ނަމަ އަހަރެން ބިރުން ހަލާކުވީސް" - އެޕޯލޯ 10 ގެ އެސްޓްރޮނޯޓެއްގެ ދަތުރުނާމާގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ނާސާއިން ބުނެފައިވަނީ މިއީ "އޭލިއަނުންގެ" އަޑެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް އެއީ އެފަދަ އަޑެއް ނޫން ކަމަށެވެ. ބައެއް ސައިންސްވެރިން ދެކޭގޮތުގައި އެއަޑަކީ ކޮންމެވެސް "އެއްޗެއް"ގެ އަޑެކެވެ. އަދި އެއީ އެތަނުގައި ގޮތް ނޭގޭ އެއްޗެއް އުޅޭ ކަމުގެ ހެއްކެއް ކަމުގައި ވެދާނެ ކަމަށްވެސް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

ދިރާސާ ކުރާ ފަރާތްތަކާއި ސައިންސްވެރިން އަދިވެސް ދަނީ މިއީ ކޮން އަޑެއްތޯ ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަނދުގެ އަނދިރި ފަޅީގެ މާގިނަ މަޢުލޫމާތުތަކެއް މިހާތަނަށް ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައިވެސް އޮތީ ނުހޯދިއެވެ.

ދިރާސާތައް ކުރިޔަށް ގެންދިއުމަށް ކާމިޔާބު ކަމާއި އެކު ހަނދަށް މިހާތަނަށް ޖައްވީ އުޅަނދެއް ފޮނުވާފައިވަނީ އެމެރިކާ އާއި ރަޝިޔާގެ އިތުރުން ޗައިނާއިންނެވެ. އިންޑިއާއިން މި ޤައުމުތަކާއި ފައިހަމަ ކުރުމުގެ ނިޔަތުގައި ދާދި އެހަކަށް ދުވަހު ފޮނުވާލި އުޅަނދު ވަނީ ހަނދުގައި ޖައްސަން އުޅެނިކޮށް ދުނިޔެ އާއި ގުޅުން ކެނޑި ހަނދުގެ ބިންފަދަ ފަށަލައަށް ވެއްޓި ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބެއްޔާ

    ޖިންނި އެއްގެ އަޑު ކަމަށްވެސް ވެދާނެ.. ޖިންނި އަކީ އިންސާނުންނަށް ލިބިފައިނުވާ އެތައް ބާރެއް ލިބިފައިވާ ބައެއް..

    12
  2. ވާދޫ

    ތި ވާނީ އައްނިގެ އަޑަށް

    18
    • 😂

      😂😂😂😂😂