ރޯދަމަހަކީ އަބަދުވެސް ސުފުރާމަތި ފަޅުފިލުވާލާ މަސްވަރެކެވެ. މިއަދު މިގެނެސްދެނީ ކުކުޅުމަސްބަތް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

3 ޖޯޑުބަތް

1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ބޯންލެސް ޗިކަން

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)

2 ހިކަނދިފަތް

3 ރާނބާފަތްކޮޅު

( 2 /1 އިންޗިއަށް ބުރިކޮށް ފައިހުރި)

ލޮނު ކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާއުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް، ރާނބާފަތް، އަދިކުކުޅުމަސްކޮޅާއި ލޮނުކޮޅު އެއްކޮށްފައި މަސްކޮޅު ހަނާވީމާ ބަތްކޮޅު އެއްކޮށްލާށެވެ.