އިރާންގެ ޓީވީ ސްޓޭޓް ޗެނަލްއަށް ޕްރިމިއަމް ލީގްގެ ޓޮޓެންހަމް އާއި މެންޗެސްޓަ ޔުނައިޓެޑް ކުޅެމުންދިޔަ މެޗުގެ ލައިވް ކަވަރޭޖް 100 ވަރަކަށް ފަހަރު މެދުކަނޑާލަން ޖެހުނެވެ. ޓީވީ ޗެނަލްއިން ސަބަބެއް ކަމަށް ބުނެފައިވަނީ އެސިސްޓެންޓް ރެފްރީއަކަށް ހުރި ސިއާން މަސޭ އެލިސް ނުދައްކަން ވެގެން ކަމަށެވެ.

އިސްލާމިކް ރިޕަބްލިކް ސްޓޭޓުގެ ބްރޯޑްކާސްޓުން ކުރު ސޯޓުކޮޅެއް ލައިގެން ހުރުމުން ފައިގެ ކަކުލާ ހިސާބު ނިވައި ނުވެ ހުރި މަސޭ އެލިސް ދެއްކުމުގެ ބަދަލުގައި ދައްކާފައިވަނީ މެޗު ބަލަން ތިބި އިރާންގެ މީހުންނާއި، ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގެ ލޭންޑްސްކޭޕް ޝޮޓް ތަކެވެ.

އިރާންގެ ސިވިލް ރައިޓްސް ގުރޫޕަކުން ބުނެފައިވަނީ މެޗުގެ ލައިވް ކަވަރޭޖް މިގޮތަށް ސެންސަރު ކުުރުމުން ބަލަން ތިބި މީހުންނަށް މަސޭ އެލިސް ފެނުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

ފުޓުބޯޅައިގައި އެންމެ ކުޅަދާނަ އެސިސްޓެންޓް ރެފްރީ ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސޭ އެލިސް މެޗުގެ ތެރެއިން ނުދައްކާ ސެންސަރު ކުރެވުނީ އެ ސްޓޭޓުގައި ހެދިފައިވާ ގަވާއިދަކަށް އަމަލް ކުރުމުގެ ގޮތުންނެވެ. މިއީ އެގައުމުގެ ޗެނަލްތަކުން ފުޓުބޯޅަ ކަވަރޭޖް ސެންސަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

1979 ވަނަ އަހަރުން ފެށިގެން އިރާންގެ އަންހެނުން ބުރުގާ އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު ބުރުގާ އެޅުމުގެ އިތުރުން އަންހެނުން ލާން ޖެހޭނީ ނިވައި ވާފަދަ ގަޔަށް ދޫ ހެދުމެވެ. އެފަދައިން ހެދުން ނޭޅޭނަމަ 60 ދުވަހަށް ހައްޔަރު ކުރުމު ގަވާއިދު ވަނީ ކަނޑައެޅިފައެވެ.

2019 ވަނަ އަހަރު އިރާންގެ އަންހެނަކަށް ފުޓުބޯޅަ ސްޓޭޑިއަމަކަށް ގޮސް މެޗު ބަލުމުގެ ހުއްދަ ލިބުނެވެ. މިއީ އަހަރުތަކަކަށް ފަހު އެގައުމުގެ އަންހެނަކަށް ކުޅިވަރެއް ވަގުތުން ބަލައިލަން ލިބުނު ފުރަތަމަ ފުރުސަތުކަން ފާހަގަ ކޮށްލެވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    ތިތާ މީހުން ވަރަށް ސޯލިހުތަދެން...؟؟

    15
    4
  2. މުހައްމަދު

    ސަޅި

    5
    3
  3. ހަލީލް

    ރަންގަޅު. ހުޅުމާލޭގަވެސް މިހާރު ދަރިންގޮވާގެން ބޭރަށްނިކުންނަން އުދަގޫ. ހުސް ސޯޓުބުރިލާގެން އުޅޭ ބޭރުމީހުން. ރާއްޖޭގެ ގަވައިދައް މިމީހުން ހުރުމައިތިރިކޮށް ނުހިތާ. އަމިއްލަ ވަޒަނުގަ ދަރިންނާއި އެކު މިނިވަންކަމާއެކު ނުކުމެވޭގޮތެށްނުވޭ. ފުލުހުންވެސް ހަމަ އަޅާނުލާ.

    8
    5
    • ޢަހުމަދުވަގާރު

      ޙިޖުރަ ކުރޭ އަފްގާނިސްތާނަށް

      2
      2