އެމެރިކާގެ ފިލްމީތަރި ލިންޒީ ލޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
މީގެ ކުރިން ވެސް އޭނާ ވަނީ އެތައް ފަހަރަކު ރާއްޖެ އައިސްފައެވެ. އެންމެ ފަހުން އޭނާ ރާއްޖެ އައީ 2019 ވަނަ އަހަރުއެވެ.
ލިންޒީ މިހާރު އަނެއްކާވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދާއިރު، ޗުއްޓީގެ ފޮޓޯތައް އަންނަނީ އިންސްޓްގްރާމްގައި ޕޯސްޓް ކުރަމުންނެވެ. އިންސްޓަގްރާމްގައި ލިންޒީ ފޮލޯ ކުރާ މީހުންގެ އަދަދު އަށް މިލިއަނަށް އަރައެވެ.
ލިންޒީ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ޑަބްލިއު މޯލްޑިވްސް ރިސޯޓްގައެވެ. އެރިސޯޓްގައި އެންމެ ދުވަހަކު މަޑުކުރަން ވެސް މަދުވެގެން 33000 ރުފިޔާ ދައްކަން ޖެހެއެވެ.
މިހާރު އުމުރުން 34 އަހަރުގެ ފަންނާނު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު މިއަހަރަކީ ލިންޒީ ފިލްމީ ކެރިއަރު ފެށިތާ 25 އަހަރު ފުރޭ އަހަރެވެ. ލިންޒީ އަކީ ކުޑަކުއްޖެއްގެ ގޮތުގައި ޑިސްނީގެ ފިލްމުތަކުން ފިލްމީ ދާއިރާއަށް ތައާރަފްވި ފަންނާނެކެވެ. ފުރާވަރު އުމުރުން ފެށިގެން އެންމެ ޒުވާން ދުވަސްވަރު އޭނާގެ ގިނަ އަހްލާގީ މައްސަލަތަކެއް ވެސް ފެންމަތިވިއެވެ.
ނަމަވެސް މިހާރު ލިންޒީގެ މައްސަލަތަކެއް ފެންމައްޗެއް ނުވެއެވެ. އޭނާގެ އުޅުމަށް މިހާރު ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސްފައެވެ.
މީގެ ދެތިން އަހަރު ކުރިން ލިންޒީ އިސްލާމް ވެއްޖެކަމަށް ބުނެވެސް ޚަބަރު ފެތުރުނެވެ.
ގިނަ ދުވަސްތަކަކު މުނިފޫހިފިލުވުމުގެ ދާއިރާގައި ދުރުގައި ހުރުމަށް ފަހު މިހާރު ލިންޒީ "ސިކް ނޯޓް" ނަމަކަށް ކިޔާ ޓީވީ ޝޯއެއްގައި ބައިވެރިވެއެވެ. އަދި ވަރަށް އަވަހަށް އޭނާ ފިލްމެއް ވެސް ނެރެން ވަނީ ހަމަޖެހިފައެވެ.
ދުވާލަކު 1 ލައްކަ ރުފިޔާ ދައްކަން ޖެހުނަސް ހެޔޮތަާ.، އެމް.ބީ.އެސް އޮތީ އަންލިމިޓެޑް ކްރެޑިޓް ކާޑެއް ދީފާ ތި މަންޖެ އަތަށް.
ބޮޑުކާފަރު އައުރަ ދައްކައިގެން މިއޮއް ރޯދަމަހު މަ މަގުފުރައްދަން ދޯ އެއުޅެނީ
މީނަވެސް ހިލޭތަ އައީ ރާއްޖެއަށް ؟؟...