ހީނާ ޚާންއަކީ އިންޑިއާގެ ޓީވީ ސީރީޒްތަކުގެ ދުނިޔޭގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ ފަންނާނެކެވެ. އޭނާއަކީ ކުޑަ ސްކްރީނުން ބޮލީވުޑަށް ދިޔަ އެންމެ ކާމިޔާބު އެއް ފަންނާނެވެ. ބޮޑު ފިލްމަކުން މިހާތަނަށް އައިއިރު އޭނާ ނުފެނުނު ނަމަވެސް އޭނާއަކީ ބޮލީވުޑްގައި ވެސް ކާމިޔާބު މޫނެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާ އަކީ މުސްލިމް ފަންނާނުންގެ ތެރެއިން ޓީވީ ޕްރޮޑަކްޝަންގެ ދުނިޔޭގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ފަންނާނުކަމެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު އޭނާ ވަނީ ވަރަށް ރީތި ފޮޓޯތަކެއް އާއްމުންނާއި ހިއްސާކޮށްފައެވެ. އެއީ ކަދުރު ތައްޓާކާއެކު ރީނދޫ ކުލައިގެ ސަލްވާރެއް ލައިގެން ހުރެ ނަގާފައިވާ ހިތްގައިމު ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ފެންނަނީ ވަރަށް ތާޒާކޮށް ރީތިކޮށް ހީނާ ހެދިލައިގެން ހުރި މަންޒަރެވެ. އެކަމަކު ފުރަތަމަ ރޯދަ ހިފައިގެން ހުރެ ހީނާ އަށް ލިބުނީ ބޮޑު ލަނޑެކެވެ.

ހީނާ އިންސްޓަގްރާމް މެދުވެރިކޮށް ޒީގޮސިޕް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އޭނާ އިއްޔެ ޝޫޓިން އަކަށް ދިޔައީ މެންދުރު ދޭއް ޖަހާކަށް ހާއިރު ކަމަށް ވުމުން އެންމެ ލަސްވެގެން ވެސް އެ ޝޫޓިން ދެ ގަޑި އިރު ތެރޭގައި ނިމޭނެ ކަމަށް އޭނާ ހުރީ ހީކޮށްގެންނެވެ. އެކަމަކު ކަން ދިމާވީ އެއާ މުޅިން ހިލާފަށެވެ. ޝޫޓިން ދިގުލައިގެން ގޮސް މަގްރިބް ނަމާދަށް ބަންގި ގޮވި އިރުވެސް އެކަަމަކުން އޭނާ އަށް ސަލާމަތެއް ނުވެވުނެވެ.

ހީނާ އަށް ރޯދަ ވީއްލަން ޖެހުނީ ހަމައެކަނި ފެން ތައްޓެއް ބޮއިގެންނެވެ. އޭނާ އަށް ކާއެއްޗެއް ލިބޭވަރުވީ ރޭގަނޑު ނުވައެއް ޖަހާ ބޮޑުވި ފަހުންނެވެ. ހީނާ ވަނީ މީގެ ފަހުން އޭނާ އުޅޭނީ އަބަދުވެސް ކަދުރުކޮޅެއް ހިފައިގެން ކަމަށާއި، ރޯދަ ވީއްލާގަޑީގައި އެ ކަހަލަ ލަނޑެއް ދެން ލިބެން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅލla

    މިނަ މި މުސްލިިމެއްތަ އަދި ކި ރިޔަ މި އިނގުނި😦

    15
  2. ނުވާވަރު ކަންކަން ނުކުރޭ

    ހޫ އާސްކްޑް؟

  3. އެމަންޖެ

    ނޫނޭދެން ވަގުތު ހަބަރުގަ ލިޔަންވާނެ ތިޔަކަހަލަ ހަބަރު ގިނަ ގިނައިން.

    10
  4. ވަރަށް ހެއްވާ

    ރޯދައޭ ކިޔާއިރު މިހުންނަނީ ނިޔަފަތީގަ ނެއިލް ޕޮލިޝްކޮއްފަ

    11
    2
    • ހިހި

      ބު ރުގާ ވެސް ނާޅަ ހު ރީ...އެހެންވީމަ ވެސް ރޯދަ ނުލިބޭނެ ދޯ ތިބުނާ ގޮތުން ވިއްޔަ... ނިޔަފަތީ ގަ ކުލަ ޖައްސާފަ ނަމާދު ކު ރަން ވީމަ ފޮހެވޭނެ..މިޒަމާ ނުގަ އެއީ އުންދަގޫ ކަމެއް ނޫން

      7
      2
  5. ވަރަށް ދެން

    މިމީހުން އެކަނި ތަ ޑިއުޓީގަ ބިޒީ ވެގެން ގަޑިއަށް ރޯދަ ނުވީއްލެނީ. މިދިޔަ އަހަރު ރޯދަމަހު އަހަރެމެން އުޅުނީ ހާދަ ހާލުގައޭ. ފެން ފޮދަކުން ރޯދަ ވީއްލައިގެން ހުރެ 8، 9 ޖަހާފަހުން ކާއެއްޗެއް ލިބޭ ވަރުވީ ކިތައް ދުވަހު ކަން އެނގޭތަ

    4
    1