ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ދެ ފަހަރަށް ބަނޑު ބޮޑުވުމުން ވެސް އެންމެ ކާހިތްވި އެއްޗެއް ކިޔައި ދީފައިވަނީ އޭނާގެ އާ ޝޯ ކަމަށްވާ ސްޓާ ވާަސަސް ފުޑް ގައެވެ.

މި ޝޯގައި ޕިއްޒާއެއް އެޅުމުގެ މަސައްކަތް ކުރަމުން ކަރީނާ ބުނެފައިވަނީ އޭނާ ބަނޑު ބޮޑުވުމުން އެންމެ ކާހިތްވީ ޕިއްޒާ އާއި ޕާސްތާ ކަމަށެވެ.

''ބަނޑުބޮޑު ދުވަސްވަރު އަބަދުވެސް ހުންނަނީ ޕިއްޒާ އާއި ޕާސްތާ ކާން ބޭނުންވެފައި. އަހަރެންގެ ދެ ފިރިހެން ދަރިންނަށް ބަނޑު ބޮޑު ވުމުން ވެސް ވީ ގޮތް. ވަރަށް ވިއާޑް އިހްސާސެއް މިއީ'' ކަރީނާ ބުންޏެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ކަރީނާ ބުނެފައިވަނީ އޭނާ ނިދަން އެނދަށް ދާއިރަށް ބޭނުންވަނީ ނިދާ ހެދުމާއި ފިރިމީހާ ސައިފު އަލީ ޚާން ކަމަށެވެ.

ކަޕޫރު އާއިލާއިން ކެއުމަށް ލޯބިކުރާ މިންވަރު ވެސް ކަރީނާ ވަނީ މި ޝޯގައި ހާމަކޮށްފައެވެ.

''އަހަރެމެން ކެއުމަށް މޭޒު ދޮށުގައި އިށީންނަ ކޮންމެ ފަހަރަކު އިޓަލީގެ މުސްކުޅި އާއިލާއެއްހެން، ބާރަށް ވާހަކަ ދެއްކުމާއި، ކެއުމާއި ބުުއިމާއި ހެއުމާއި. އެއީ ކާނާއަކީ އުފާވެރިކަން ގެނެސްދޭ އެއްޗަކަށް ވާތީ'' ކަރީނާ ބުނެފައިވެއެވެ.

''ސްޓަ ވާސަސް ފުޑް'' ގެ ޓީޒަ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ކަރީނާ ބުނެފައިވަނީ ކަޕޫރު އާއިލާ އެނގޭ ކޮންމެ މީހަކަށް ވެސް އެމީހުން ކެއުމަށް ހުންނަ ޝައުގުވެރިކަން އެނގޭނެ ކަމަށެވެ.

ކަރީނާ ވިހެއުމަށް ފަހު އަލުން އޭނާގެ މަސައްކަތްތައް ފަށާފައި ވަނީ ދެވަނަ ދަރިފުޅަށް މަހެއް ވުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނާ

    ބަލަ އަހަރުމެންތަ މި އޭނާ ބަލިވެބައިންދަނީ....އަހަރުންނަށް ހެޔޮ އޭނަ ކޮންމެއެއްޗެއް ކާހިއްވިޔަސް....ނުވިޔަސް....އޭނާ އިންދެގެން އުޅޭމީހާ ކައިރި ތިވާހަކަ ދައްކަބަލަ....

    5
    2