ބޮލީވުޑުގެ އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތު މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު މަރުވުމަށް ފަހު އެކަމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ ތެރެއިން ފެންމަތިވެފައިވާ ޑުރަގު މައްސަލައިގައި މިހާތަނަށް ވަނީ އެތައް ފަންނާނުންނަކާއި އެތައް ބައެއް ހައްޔަރު ކުރެވިފައެވެ.

މުމްބާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ފަރާތުން ވަނީ މި މައްސަލައިގެ ''ޕްރައިމް ސަސްޕެކްޓް'' އެެއްގެ ގޮތުގައި ކޮމެޑިއަން ޝާހިލް ޝާހް ހައްޔަރު ކޮށްފައެވެ.

ޒޯނަލް ޑައިރެކްޓަރ ސަމީރު ވެންކެޑޭ ބުނެފައިވަނީ ޝާހިލް ޝާހްއަކީ މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓެއް ކަަމަށާއި އޭނާއަށް ޑުރަގު އެތެރެ ކުރުމުގައި އެހީތެރިވެދޭ ދެ ފަރާތެއް މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެެވެ.

''ޝާހިލްއަށް ޝައްކު ކުރެވޭ. އަދި އެކަން އަހަރެމެންނަށް ވާނުވާ ކަމެއްގެ ތެރޭގައި ހަމަސް ވަންދެން އޮތް. މިދިޔަ ހޯމަ ދުވަހު އޭނާގެ މަލާޑުގައި ހުންނަ ގެ ބަލައި ފާސްކުރެވުނު. އެ ގޭގައި އޭނާައާއި އެކު އޭނާގެ މަންމައާއި އަންހެނުން ވެސް ދިރިއުޅޭ. އެ ގެއަކީ ކުރީގައި ސުޝާންތު މަލާޑުގައި ހުރި ގެ. ކަރަން އަރޯރާއާއި އައްބާސް ލަކާނީއަށް ޑުރަގު އެތެރެ ކޮށްދީފައިވަނީ ވެސް ޝާހިލް. އެ ދެމީހުން ވަނީ މިދިޔަ އަހަރު އޯގަސްޓް މަހު ހައްޔަރު ކުރެވިފަ'' ޒޯނަލް ޑައިރެކްޓަރ ސަމީރު ބުނެފައިވެއެވެ.

އެންސީބީއިން ބުނެފައިވަނީ ބޮލީވުޑު ޑުރަގު މައްސަލައިގެ އެންމެ އިސް ފަރާތް ކަމުގައިވާ ޝާހިލް ޝާހް ހައްޔަރު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ވަނީ ބޮލީވުޑުގެ އެތައް ފަންނާނުންނެއް ހައްޔަރު ކޮށްފައެެވެ. އަދި އެތައް ފަންނާނުނެއް އެންސީބީއަށް ހާޟިރު ކުރުވާ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު