ބޮލީވުޑްގެ ތަރިން ރާއްޖެ އައިސް ރާއްޖޭގައި ވަގުތު ހޭދަކުރާ މިންވަރު ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ދާދިފަހުން ރާއްޖެ އަށް އައި ތަރިންގެ ތެރޭގައި މަދޫރީ ދިކްޝިތް، ސާރާ އަލީ ހާންގެ އިތުރުން ސުރްބީ ޖޯތީ އާއި ރިތްވިކް ދަންޖާނީ ފަދަ ތަރިން ހިމެނެއެވެ.

މީގެ ތެރެއިން ސުރްބީ އާއި ރިތްވިކްއެކުގައި ނަގާފައިވާ ފޮޓޯތައް ވަރަށް ގިނައިން މީސްމީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. އެއާއި އެކު އާއްމުން ދަނީ ރިތްވިކް އާއި އާޝާގެ ގުޅުން އެއްކޮށް ކެނޑި ސުރްބީ އާއި އާ ގުޅުމެއް ފެށުނީތޯ ސުވާލު އުފައްދަމުންނެވެ.

ސުރްބީ އާއި ރިތްވިކްގެ އިތުރުން އާޝާ އަކީ ވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މޫނުތަކެވެ.

އޭގެ ތެރެއިން އާޝާ އާއި ރިތްވިކްގެ ޖޯޑަކީ ޓީވީ ސްކްރީނުގެ އިތުރުން އޮފް ސްކްރީނުގައި ވެސް އެންމެ މަޝްހޫރު ޖޯޑެވެ. ރިތްވިކް އާއި އާޝާ އަދި ސުރްބީ އަކީ މީގެ ކުރިންވެސް އެކުގައި ވަރަށް ގިނައިން ދަތުރުކޮށް އުޅުނު ފަންނާނުންނެވެ. މިފަހަރުވެސް ސުރްބީ އާއި ރިތްވިކް ރާއްޖެ އައީ އިތުރު ބައެއް ފަންނާނުންނާއި އެކުގައެވެ.

އެހެންނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުން ސުރްބީ އާއި ރިތްވިކް އުޅުނީ ވަކިންނެވެ. އަދި އެހެން ތަރިން ނުދާ ބައެއް ތަންތަނުގައ ދެެ ތަރިން ވަކިން ފޮޓޯ ނަގާފައި އެބަހުއްޓެވެ. އެހެންކަމުން މި ދެތަރިންގެ މެދުގައި ރަހުމަތްތެރިކަމަށް ވުރެ ގާޓް ގުޅުމެއް އޮތީތޯ ފޭނުން ދަނީ މިހާރު ސުވާލު އުފައްދަމުްނެވެ.

ބައެއް މީހުން ދަނީ ރިތްވިކް އާއި އާޝާ އާއި ދެމެދަށް ސުރުބީ ވަނީތޯވެސް ސުވާލު އުފައްދަމުންނެވެ. އާޝާ އާއި ރިތްވިކް ރުޅިވި ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރަކަށް ވީ މި ދަތުުރުގައި އޭނާ ބައިވެރިނުުވުމުންނެވެ. މީޑިއާގައި މިވާހަކަތައް ވަރަށް ބާރަށް ދެކެވުނު ނަމަވެސް މިއިން އެއްވެސް ތަރިޔަކު އެ ތަރިންގެ މެދުގައި އޮތް ގުޅުމާއި މެދު ފާޅުކަން ބޮޑުކޮށް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ރިތްވިކް އާއި އާޝާ ރުޅިވި ވާހަކަ އެދެމީހުން ދޮގުކޮށްފައެއްވެސް ނުވެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭން

    މެއި 2020 ގައި އާޝާ އާއި ރިތްވިކް ރުޅިވެއްޖެ