އެއްމާބަނދު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިން، މި ހުރިހައި ކުދިން ވަނީ ހާލު ދެރަވެ ދުނިޔެ ދޫކޮށްފައި

ސޫދާނުގައި އަންހެނަކު އެއްމާބަނޑު ފަސް ކުދިން ވިހެއިތާ ގިނައިރެއް ނުވަނީސް، އެ ކުދިންގެ ހާލު ދެރަވެގެން ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

ސޫދާންގެ ހުޅަނގު އައްސޭރީގައި އޮންނަ އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އޮމްދުރްމަންގެ ހޮސްޕިޓަލަކަށް އެ ފަސް ކުދިން ވިހެއި އިރު، އެކުދިން މަރުވީ ވިހެއިތާ ތިރީސް ގަޑިއިރުވީ ފަހުންނެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި އެކުދިންނަށް ދިމާވި ހާލަތު ބަޔާންކޮށްފައިވާއިރު، ޑޮކްޓަރުން ބުނެފައިވަނީ ފަސް ކުދިންވެސް މަރުވީ ލޭ ދައުރުވުން ދަށްވެ ނޭވާލާ ނިޒާމު ހުއްޓިގެން ކަމަށެވެ. މިގޮތަށް ދިމާވީ އެ ކުދިން ވިހެއިއިރު ފުއްޕާމޭ ރަނގަޅަށް އުފެދިފައި ނުވުމުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

28 ހަފްތާގައި ވިހެއި މި ފަސް ކުދިން ވިހެއުމަށްފަހު އައިސީޔޫގައި ފަރުވާދެމުންދިޔައިރު، އެ ކުދިން ސަލާމަތްވާނެ ކަމުގެ މާ ބޮޑު އުންމީދެއް ޑޮކްޓަރުން ދީފައެއް ނުވެއެވެ. އެގޮތުން އެންމެ ފުރަތަމަ މަރުވި ކުއްޖާ، ވިހެއިތާ ހަތްގަޑިއިރު ތެރޭގައި މަރުވިއިރު، ދެން ތިބި ކުދިން މަރުވީ ޖެހިގެން އައި ދުވަހުގެ ވަގުތުތަކެއްގައެވެ.

މި ހާދިސާއަށްފަހު އެ ފަސް ކުދިންގެ މަންމަގެ ހާލުވެސް ދެރަވެގެން ފަރުވާ ދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު