ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ރާއްޖޭގެ ޓިކްޓޮކްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާ އަކީ ޓިކްޓޮކް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދިދާނެކަން ސާބިތުކޮށްދިން ފަންނާނެކެވެ. ޓިކްޓޮކް އިން ފިލްމީ ދުނިޔެ އަށް އައިސް އެ ދުނިޔޭގައި ވެސް އޭނާ ދަނީ އޭނާގެ ކުޅަދާނަ އެކްޓިން އިން އާއްމުންގެ ހިތްތައް ފަތަަހަކުރަމުންނެވެ.

ދެވަންސޫރަ ފަދަ ފިލްމުތަކުން އާއްމުން ސިއްސުވާލި ޝިފާ އަކީ "ނިވައިރޯޅި"، "ފޯޓީ ޕްލަސް"އަދި ވެބް ސީރީޒް "ހާސާ" ފަދަ އުފެއްދުންތަކުން ފެނުނު ތަރިއެެކެވެ. ފިލްމީ ދާއިރާގެ ކުރިން އޭނާގެ ހުނަރު ޓިކްޓޮކްގައި ދައްކުވައިދެމުން އައި އިރު މިހާރު ވެސް ތަފާތު ލަވަތަކާއި ނެށުންތަކުން ހުނަރުދައްކާލާ ފަންނާނެކެެވެ.

ރޭ ވީޓީވީގެ ޝޯ "އައްފު އެންޑް ޖައްބުގައި" ވާހަކަދައްކަމުން އޭނާ ވަނީ ޓިކްޓޮކް ކުޅޭތީ ފާޑުކިޔާ މީހުންނަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުނެފައެވެ.

އަދި ޓިކްޓޮކް ކުޅެގެން ކުރިއަށް ދާން ބޭނުންވާ މީހުންވެސް ފާޑުކިޔުން އަންނާނެ ކަން ދަނެގެން އެކަން ކުރުމަށް ޝިފާ އިރުޝާދުދިނެވެ. ޝިފާ ބުނީ އޭނާގެ ފޭނުން ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ.

"އެންމެން ހިތްހަމައެއް ނުޖެއްސޭނެ. އެއްބައިމީހުން ލައިކް ވާނެ. ތިމާ މީހާ ހެޕީވާ ކަމެއް ކުރާށޭ ބުނެވޭނީ." ޝިފާ ބުންޏެވެ.

ޝިފާ ވަނީ ޓިކްޓޮކް ކުޅެގެން ރާއްޖެއިން ބޭރު މީހުން ވަރަށް ބޮޑަށް މަޝްހޫރުވި ނަމަވެސް ރާއްޖޭގައި އެކަމުން ލިބޭ ފައިދާ އެއް ނެތް ކަމަށް ބުނާތީ އެކަމަށް ރައްދު ދީފައެވެ.

" ކޮބާތަ ތި މިލިއަނަރަކަށްވީ މީހުން. ދައްކަބަ ދޯ. ޝިފާ އެއް ނުދެކެން" އޭނާ ބުންޏެވެ.

ޝިފާ ވަނީ ޓިކްޓޮކް ކުޅެގެން ފިލްމުތަކުން ފުރުސަތު ލިބިދާނެ ކަމަށާއި، ހުނަރުވެރި ނަމަ އެކަން ފާހަގަވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުރޮޅިި

    މި ކަނބުލޮޔައް ހެޔޮ ވިސްނުން ދެއްވާންދޭވެ.
    އަހަރުމެން ހެޕީވާ ހުރިހާ ކަމެއް ދުނިޔެމަތީގަ ކުރުން އެއީ އެއްގޮތަކައްވެސް ރަނގަޅު ކަމެއްނޫނޭ ކަނބުލޯ
    އަހަރުމެން ހިތްއެދޭ ކިތައް ކަންތައް އަހަރުމެން ނުކޮއް ދުރުވާންޖެހޭ އެއީ ރަނގަޅު ކަންތައް ނޫން ވީމަ

    75
    8
  2. ނައި

    ހުކުމްގެ (ހަލާލު ހަ ރާމް) ގެ ވެ ރިޔަކީ ﷲ. އެއްވެސް މީހަކަށް އެއްޗެއް ހަލާލުކޮށް ހަ ރާމްކު ރުމުގެ ހައްޤެއް ނުއިންނާނެ.
    ﷲ އާ އެކަލާނގެ ފޮތަށް އީމާންވެގެން ހު ރިކަމުގާ ދަޢުވާކު ރާ މުސްލިމަކު ތިމާގެ މިނިވަންކަމޭ ތިމާ ހެޕީވާ ކަމެއް ކު ރާށޭ ބުނީމާ ދެން ދީން އޮޮންނާނީ ކޮންތާކު؟ މީހާ ކާފަ ރުވެދާވަ ރު ބަސްބަސް ބުނެވޭއި ރުވެސް ރޭކާ ނުލާ....

    56
    8
  3. މަ

    ދެން ޤިޔާމަތް ދުވަހުން ކީކޭ ބުނާނީ؟ 🤔😕
    ހެޔޮ ވިސްނުން ދެއްވާށި🤲🏾

    65
    6
  4. އެމަންޖެ

    ސާބަހޭ ސިފާ.

    16
    43
  5. Mary

    Ladheh hayaatheh neii meehun ah vaany ehn

    26
    4
  6. 😠

    ލަދެއް ހަޔާތެއްނެތް

    29
    4
  7. Ahmed

    ގައުމުގެ ކުރިމަގު ވަރަށް ބަނަ!

    9
    1
  8. ސިފާ

    އަހަރުމެނގެ ސަމާލުކަމެއްވެސް މަންޖެއަކަށް ނެތް

    2
    1